ކޮވިޑް-19 ޖެހިގެން ރާއްޖެއިން 41 މީހަކު ނިޔާވެއްޖެއެވެ.
އެޗްޕިއޭއިން ބުނީ އަންގާރަ ދުވަހުގެ މެންދުރު 2:38 ގައި ނިޔާވެފައިވަނީ 45 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި މީހާ އަށް ފަރުވާ ދެމުން އައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައެވެ.
މިއީ ކޮވިޑް ޖެހިގެން މަރުވި 33 ވަނަ ދިވެހި މީހާއެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު ނިޔާވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ ނިޔާވީ ފަރުވާދެމުން ދަނިކޮށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ފަހުން ހެދި ޓެސްޓްތަކުންނެވެ.
އެޗްޕިއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު 52 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.