ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:59
ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ރާއްޖެއާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވޭ
ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ރާއްޖެއާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވޭ
ފޮރިން މިނިސްޓްރީ
ރާއްޖެ- އިންޑިއާ ގުޅުން
ރާއްޖެއާއި އިންޑިއާ ފޮރިން ސެކްރެޓަރީއިންގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި
 
ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާތައް ކޮށްފައިވޭ
 
ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވޭ
 
ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރެއްވި

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި އެވެ.

ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދެޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާއިރު ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުމާއި، އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ޤައުމުގެ ފޮރިން ސެކްރެޓަރީ އިން މަޝްވަރާ ކުރައްވާފައިވާއިރު، ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރައްވާފައިވެ އެވެ.

ދެ ޤައުމުގެ ފޮރިން ސެކެޓަރީން ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްވަރާ ތަކުގައި ސިއްހީ ދާއިރާއާއިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން، ކޮންސިއުލަރ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް ގިނަ މަޝްވަރާތަކެއް ކުރެވިފައިވެ އެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް