ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 12:12
އީ ޕޯރޓަލް ރަޖިސްޓަރ ކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އީ ޕޯރޓަލް ރަޖިސްޓަރ ކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ޤައިދީންނާއި ބަންދުމީހުންގެ ޙައްޤުތައް
އާއިލީ، އެކަހެރި، އަދި ވަކީލު ބައްދަލުވުންތަކަށް އެދުމަށް އޮންލައިން ޕޯރޓަލްއެއް!
 
ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެއް
 
ބައްދަލުވުންތަކަށް އެދި މަހެއްގެ މައްޗަށް 80 ހުށައެޅުން ލިބޭ
 
ޚާއްސަ ޔޫސަރ އެއް ރަޖިސްޓްރީ ކޮށްގެން މި ޕޯރޓަލް މެދުވެރިކޮށް ޚިދުމަތްތައް ލިބިގެންދާނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ އާއިލީ ބައްދަލުވުންތަކާއި، އެކަހެރި ބައްދަލުވުންތަކުގެ އިތުރުން، ވަކީލުންގެ ބައްދަލުވުންތަކަށް އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމަށް ޚާއްސަ ޕޯރޓަލް އިފްތިތާޙު ކޮށްދެއްވީ ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ އެވެ.

"އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސިސްޓަމް" (އެޓޮމްސް އީ ޕޯރްޓަލް) އާ ގުޅޭ މައުލޫމާތު ދެމުން ކަރެކްޝަންސް އިން ބުނީ، މި ޕޯރޓަލް މެދުވެރިކޮށް ޤައިދީންނާއި ބަންދު މީހުންނަށް ލިބިދޭ އާއިލީ، އެކަހެރި، އަދި ވަކީލު ބައްދަލުވުންތަކަށް އޮންލައިންކޮށް ހުށައެޅޭނެ ކަަމަށެވެ. އެގޮތުން ޚާއްސަ ޔޫސަރ އެއް ރަޖިސްޓްރީ ކޮށްގެން މި ޕޯރޓަލް މެދުވެރިކޮށް ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެއް ކަމަށެވެ. އަދި އެކަމަށްޓަކައި ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ކަރެކްޝަންސްއިން ކުރަމުންދާ މަސައްކަތުގައި އާއިލާގެ އެއްބާރުލުން ލިބުމަށް މި ޕޯރޓަލްގެ ޒަރިއްޔާއިން އިތުރު އެހީއަކަށް ވެގެންދާނެ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުޙައްމަދުފުޅު ވިދާޅުވީ، ކޮވިޑް ގެ މި ޙާލަތުގައި އޮންލައިންކޮށް ޚިދުމަތްތައް ދެމުންގެންދާއިރުވެސް ބައްދަލުވުންތަކަށް އެދި މަހެއްގެ މައްޗަށް 80 ހުށައެޅުން ލިބޭ ކަމަށެވެ. އަދި މި ޕޯރޓަލް އިފްތިތާހު ކުރެވިގެން ދިއުމުން އަތޮޅު ތެރޭގައި ތިބޭ އާއިލާތަކަށްވެސް ފަސޭހަކަމާއެކު ބައްދަލުވުންތަކަށް އެދި ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

ސަރުކާރު ވުޖޫދަށް އައުމަށް ފަހު ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، ޖަލުތަކުގެ ޖާގަ އިތުރުކޮށް ކުރިން ޖަލުގެ ހާލާތު ހުރި ވަރަށްވުރެ ރަނގަޅު ކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.

ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތަށް 49 އަހަރު ފުރިފައިވާއިރު، ކުރިއާ އަޅާބަލާއިރު، އާންމުންގެ މެދުގައި މި ސަރވިސްއާމެދު އޮންނަ އިތުބާރު މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އާންމުން އެދޭ ގިނަ ހެޔޮ ބަދަލުތައް ގެނެސްފައިވާއިރު، އިތުރަށް ރަނގަޅު ކުރެވޭނެ ގިނަ ކަންކަންވެސް ކުރަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް