ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 22:39
ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންނާއެކު އާދީއްތަ ދުވަހު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންނާއެކު އާދީއްތަ ދުވަހު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެފްއޭއެމް
ޗެރިޓީ ޝީލްޑް މެޗު
ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންގެ ގޮތުގައި ތިން ޖަމުޢިއްޔާއެއް
ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންނަކީ އާކް، ސްޕެޝަލް އޮލިމްޕިކްސް އަދި ބްލަޑް ޑޯނާސް
ޗެރިޓީ ޝީލްޑް މެޗު އޮންނާނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންގެ ގޮތުގައި ތިން ޖަމުޢިއްޔާއެއް ހަމަޖައްސައިފިއެވެ.

މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއެވެ.

މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކުލަބު އީގަލްސްއެވެ. އާންމު ގޮތެއްގައި ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނަށެވެ. އެކަމަކު މި ފަހަރު އީގަލްސްއަށް ފުރުސަތު ލިބުނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމާ ގުޅިގެންނެވެ. އެހެންކަމުން މިއީ އީގަލްސްއިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުން އާދީއްތަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކުރިއިރު، އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ޖަމުޢިއްޔާގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިއީ އެ ޖަމުޢިއްޔާތަކުގެ ހަރަކާތްތައް ޕްރޮމޯޓުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އެހެންކަމުން އެ ޖަމުޢިއްޔާތަކުން ވަނީ އެފްއޭއެމަށް ޝުކުރުއަދާކޮށްފައެވެ.

ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް އާންމު ގޮތެއްގައި 100،000ރ. ލިބޭއިރު، މި މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމުޢިއްޔާތަކަށް ހަދިޔާކުރެއެވެ. އެކަމަކު މި އަހަރު ވެރިޓީގެ ގޮތުގައި ޚަރަދުކުރާނެ ފައިސާއެއް އެފްއޭއެމުން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި، މިދިޔަ ސީޒަނުގައި ލީގުގައި ވާދަކުރި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު މި މެޗު ކާމިޔާބުކުރީ ޓީސީންނެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާއިރު، އެއަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް