ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 19:05
ފްރާންސްގައި ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓްލަނީ
ފްރާންސްގައި ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި މީހަކު ވޯޓްލަނީ
ބީބީސީ
ފްރާންސްގެ އިންތިޚާބު
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ
އެގާރަ ކެންޑިޑޭޓުން ވާދަކުރައްވާ
މިހާރުގެ ރައީސް ހޮލެންޑާ ވާދައެއް ނުކުރައްވާ

އެތައް ހާސް ފުލުހުންނަކާއި ސިފައިންނާއިއެކު ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން އާދިއްތަ ދުވަހު ފަށައިފިއެވެ.

 

ފްރާންސްގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާއިރު ސަލާމަތީ ކަންކަން އެހާ ވަރުގަދަކޮށްފައިވަނީ މީގެ ތިން ދުވަސްކުރިން ޕެރިހުގެ ފުލުހުންނަށް އަމާޒްކޮށް ދެވުނު ޙަމަލާއާ ގުޅިގެންނެވެ.

 

މި ޙަމަލާގައި ފުލުހަކު މަރާލާފައިވާއިރު، އެކަމާއި ގުޅިގެން އެތައް ބަޔަކު މުޒާހަރާވެސް ކޮށްފައިވެއެވެ.

 

ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ވޯޓްލާ ނިމެންދެން 50 ހާސް ފުލުހުންނާއި 7 ހާސް ސިފައިން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދާނެއެވެ.

 

މިފަހަރުގެ އިންތިޚާބުގައި 11 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިހުރިހާ ކެންޑިޑޭޓުންގެވެސް މައިގަނޑު ބަހުސަކަށްވެފައިވަނީ ފްރާންސްގެ ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމެވެ.

 

ރިޔާސީ އިންތިޚާބުގައި 11 ކެންޑިޑޭޓުން ވާދަކުރި ނަމަވެސް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓަށްވުރެ އިތުރު ނުވެއްޖެނަމަ، އެންމެ ގިނަ ވޯޓެއް ހޯދާ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށްދާނެއެވެ.

 

އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގައި ވޯޓުލުން އޮންނާނީ މެއި 7 ގަ އެވެ.

 

ފްރާންސްގައި ވޯޓުލުން ފަށާފައިވަނީ އެޤައުމުގެ ގަޑިން ހަނދުނު 8:00 ގައެވެ. ފްރާންސްގެ ރައްޔިތުން ދިރިއުޅޭ ބައެއް އެހެންގައުމުތަކުގައި ހޮނިހިރު ދުވަހުވަނީ ވޯޓްލާން ފަށާފައެވެ.

 

އިންތިޚާބުގައި ވާދަކުރައްވާ 11 ކެންޑިޑޭޓުންގެ ތެރެއިން 4 ކެންޑިޑޭޓަކު ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ބެލެވެނީ އޭގެތެރެއިން ކެންޑިޑޭޓެކެވެ.

 

އެގޮތުން ފްރާންކޮއި ފިލަން އާ މަރިން ލީ ޕެން އަދި އިމަނުއެލް މާކޮންގެ އިތުރުން ޖީންލުން މެލެންކޮންގެ މެދުގައި ވަރަށް ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

 

ފްރާންސްގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ  ރައީސް ފްރާންސުވާ ހޮލެންޑާ ވަނީ ދެ ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމަވާފައެވެ.

 

ހޮލާންޑާގެ މިނިންމެވުމަކީ ފްރާންސްގެ ފަހުގެ ތާރީޚުގައި ދެ ވަނަ ދައުރަކަށް ވާދަ ނުކުރައްވަން ނިންމެވި ހަމައެކަނި ރައީސް އެވެ.

- ކޮމެންޓް