ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 14:19
އިމާރާތެއް އަޅާނެ ފަރާތެއް ހޯދުމަށް އެޗްޑީސީއިން އިއުލާން ކޮށްފި
ރާއްޖެއެމްވީ
ހުޅުމާލޭގައި ކްލިނިކްތަކަށް ހާއްސަ އިމާރާތެއް
ހުޅުމާލޭގައި ކްލިނިކް އިމާރާތެއް އަޅާނެ ފަރާތެއް ހޯދަން އެޗްޑީސީން އިއުލާންކޮށްފި
މި އިމާރާތް ޑިޒައިންކޮށް، އިމަރާތްކޮށް އަދި މެނޭޖް ކުރަން ޖެހެނީ ބިޑް ކާމިޔާބުކުރާ ފަރާތުން
އިމާރާތް އަޅަން ހަމަޖެހިފައި ވަނީ 7,760.77 އަކަ ފޫޓުގެ ސަރަހައްދެއްގައި
މި އަޅާ ކްލިނިކް ވެގެންދާނީ އެއްކްލިނިކް އެއްގެ ދަށުން އެތައް ހިދުމަތެއް ލިބިގެން ދާނޭ ކްލިނިކް އަކަށް

ހުޅުމާލޭގައި ކްލިނިކް އިމާރާތެއް އަޅާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

އާދިއްތަ ދުވަހު އެޗްޑީސީން ކޮއްފައިވާ އިއުލާނުގައި ބުނެފައި ވަނީ މި ކްލިނިކްގެ ބިޑަށް ހޮވޭ ފަރާތަކުން ކްލިނިކްގެ ޑިޒައިން ކުރުމާއި ކޮންސްޓްރަކްޝަންގެ ހުރިހާ ކަމެއްގެ އިތުރުން ލީސް މުއްދަތުގައި އިމާރާތުގެ މެނޭޖްމެންޓްގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހެއެވެ. މި އިމާރާތް އަޅަން ހަމަޖެހިފައި ވަނީ 7,760.77 އަކަ ފޫޓުގެ ސަރަހައްދެއްގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިފަދަ ކްލިނިކެއް ގާއިމު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި މި އަޅާ ކްލިނިކް ވެގެންދާނީ އެއް ފުރާޅެއްގެ ދަށުން އެތައް ހިދުމަތެއް ލިބިގެން ދާނޭ ކްލިނިކްއަކަށް ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

މި ބިޑުގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 6 ޑިސެމްބަރެވެ. އިތުރު މައުލޫމާތު ހޯދުމަށްwww.hdc.com.mvއަދި މި ބިޑަށް ހުށައެޅުމަށް ފޯމް ޑައުންލޯޑް ކުރެވެން ހުންނާނީproperties.com.mvއިންނެވެ.

- ކޮމެންޓް