ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 23:24
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ކުލަބު މޯލްޑިވްސް ކަޕުގެ ތެރެއިން
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ކުލަބު މޯލްޑިވްސް ކަޕުގެ ތެރެއިން
ފޭސްބުކް
ކުޅިވަރުތައް ކުޅުމަށް ލުއި ދިނުން
މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅުމަށް ލުޔެއް
15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭނެ
ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކުޅެން ނުދިއުމަށް ވަނީ އަންގާފައި

ކޮންޓެކްޓް ކުޅިވަރުތަކާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ހޮނިހިރު ދުވަހުގެރޭ އެޗްޕީއޭއިން ލުއި ދިންއިރު، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުއްދަ ދީފައެވެ. އެގޮތުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް، ކުޅިވަރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ކުޅިވަރުތަކާއިި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުޅުވާލާފައެވެ.

ކުޅިވަރިތައް ކުޅުމަށް ލުއި ދިންއިރު، 15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭ ގޮތަށްވެސް ވަނީ ހުއްދަ ދީފައެވެ. އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކުޅެން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ކުޅިވަރު ބަލަންދާއިރު މާސްކް އަޅައި، އެހެން ގްރޫޕް ތަކާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމާއި، ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒާ ގެންދިއުމަށްވެސް ވަނީ އަންގާފައެވެ.

ކުޅިވަރުތަކަށް ލުއި ދިންއިރު، ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއިން މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރީ މާޗު މަހުގެ 15 ވަނަ ދުވަހެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ދަނޑުތައް ހުޅުވާލި ނަމަވެސް، އޮގަސްޓް މަހުގެ ކުރީކޮޅު ކޮވިޑް-19 ފެތުރުން އިތުރުވުމާއެކު އަނެއްކާވެސް ކުޅިވަރުތައް ކުޅުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އެފަހަރު ހުއްދަ ދިނީ ގިނަވެގެން ފަސް މީހުންނަށް އެކުގައި ކުޅިވަރުތައް ކުޅެވޭ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް