ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 21:21
އިރާނުގެ ރައީސް ޙަސަން ރޫހާނީ- ރޫޙާނީ ވަނީ އެމެރިކާއިން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައްވާފައި
އިރާނުގެ ރައީސް ޙަސަން ރޫހާނީ- ރޫޙާނީ ވަނީ އެމެރިކާއިން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައްވާފައި
އަލްޖަޒީރާ
އިރާނުގެ ނިއުކްލިއަރ ޑީލް
އެމެރިކާގެ އައު ސަރުކާރުން އިރާން ނިއުކްލިއަރ ޑީލަށް އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަން: ރޫހާނީ
 
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުމާ ޚިލާފުވެފައި
 
ފާއިތުވި 3 އަހަރު އިރާނުގެ ރައްޔިތުން ތަޙައްމަލު ކޮށްފައިވަނީ "އިޤްތިސާދީ ޓެރަރިޒަމެއް"
 
ނިއުކްލިއަރ އެއްބަސްވުމާ އެއްގޮތަށް އެމެރިކާގެ ސަރުކާރުން އަމަލު ކުރެއްވުމަށް ގޮވާލެއްވި

އެމެރިކާގެ އައު ސަރުކާރުން އިރާނުގެ ނިއުކްލިއަރ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އިރާނުގެ ރައީސް ޙަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާތައް އިއުލާނު ކުރަމުންދާ މި ދަނޑިވަޅުގައި ޓީވީ މެެދުވެރިކޮށް ދެއްވި ޚިތާބެއްގައި ރޫހާނީ ވިދާޅުވީ، އިރާނުގެ ނިއުކްލިއަރ އެއްބަސްވުމާ އެއްގޮތަށް އެމެރިކާގެ ސަރުކާރުން އަމަލު ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެ އަމަލު ކޮށްފައިވާ ގޮތުން ފާއިތުވި 3 އަހަރު އިރާނުގެ ރައްޔިތުން ތަޙައްމަލު ކޮށްފައިވަނީ "އިޤްތިސާދީ ޓެރަރިޒަމެއް" ގޮތުގައި ރޫހާނީ ސިފަ ކުރެއްވިއެވެ.

ރޫހާނީ ވިދާޅުވީ، އެމެރިކާއިން އެ ޤައުމާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ފާއިތުވި 3 އަހަރަކީ އެމެރިކާއަށް ވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ އަހަރުތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރޫހާނީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިކޮށް، އިރާނާމެދު އިޤްތިސާދީ ގޮތުން ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެން ނަމަވެސް ޑިމޮކްރަޓިކް ކެނޑިޑޭޓް އަދި އިންތިޚާބުގައި މިހާރު ކުރި ހޯއްދަވަމުން ގެންދަވާ ޖޯ ބައިޑެން ވަނީ ނިއުކްލިއަރ އެއްބަސްވުމަށް އަމަލު ކުރައްވައި އިރާނާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ދޫ ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭ ގޮތަށް އިރާނާއެކު ސޮއިކުރެވިގެން ދިޔަ ނިއުކްލިއަރ ހަކަތަ އުފެއްދުން މަދުކުރުމުގެ އެއްބަސްވުމަކީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު ސޮއިކުރެވުނު އެއްބަސްވުމެކެވެ. އޭރު ޖޯ ބައިޑެން ހުންނެވީ ނައިބު ރައީސްގެ މަގާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
0%
50%
ކޮމެންޓް