ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 17:56
ބާސާއިން ވިއްކާލަން މަސައްކަތް ކުރަމުންދާ ކުޅުންތެރިންގެ ތެރެއިން ފޯވާޑް އޮސްމާނޭ ޑެމްބެލޭ އާއި ޑިފެންޑަރު ސެމުއެލް އުމްޓިޓީ
ބާސާއިން ވިއްކާލަން މަސައްކަތް ކުރަމުންދާ ކުޅުންތެރިންގެ ތެރެއިން ފޯވާޑް އޮސްމާނޭ ޑެމްބެލޭ އާއި ޑިފެންޑަރު ސެމުއެލް އުމްޓިޓީ
ގެޓީ އިމޭޖަސް
ބާސާގެ ކުޅުންތެރިން ވިއްކާލުން
ޖެނުއަރީގައި ބާސާއިން ފަސް ކުޅުންތެރިއަކު ވިއްކާލަނީ
ބާސާއިން ވިއްކާލާނީ ޑެމްބެލޭ، ބްރަތުވެއިޓް، އެލޭނާ، އުމްޓިޓީ އަދި ފިރްޕޯ
ޖެނުއަރީގައި ތިން ކުޅުންތެރިއަކު ހޯދަން ބާސާއިން އަންނީ މަސައްކަތް ކުރަމުން

ޖެނުއަރީ މަހުގެ ޓްރާންސްފާގައި ބާސެލޯނާއިން ފަސް ކުޅުންތެރިއަކު ވިއްކާލަން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރުގެ އޯގަސްޓް މަހު ބާސާގެ ކޯޗުގެ މަގާމާ ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ހަވާލުވުމަށްފަހު އޭނާ އަންނަނީ އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާއިން ވަނީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒާއި، ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗާއި، ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަދި ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ ވިއްކާލާފައެވެ.

ބާސާއިން ޖެނުއަރީ މަހު ވިއްކާލަން އަމާޒުހިފާފައިވާ ފަސް ކުޅުންތެރިންނަކީ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އާއި، މާޓިން ބްރަތުވެއިޓާއި، މިޑްފީލްޑަރު ކާލެސް އެލޭނާ އާއި، ޑިފެންޑަރު ސެމުއެލް އުމްޓިޓީ އަދި ޖޫނިއާ ފިރްޕޯއެވެ. މި ފަސް ކުޅުންތެރިންނަކީވެސް ކޫމަނުގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިންތަކެއް ނޫން ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސާއިން އެ ޓީމުގެ ފަސް ކުޅުންތެރިއަކު ވިއްކާލަން މަސައްކަތް ކުރަމުން އަންނަނީ، ޖެނުއަރީ މަހު ލިޔޯނުގެ ފޯވާޑް އެމްފިސް ޑިޕާއީ އާއި، ލިވަޕޫލުގެ މިޑްފީލްޑަރު ގިނީ ވައިނަލްޑަމް އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އެރިކް ގާސިއާ ގަތުމުގެ ގޮތުންނެވެ. މި ތިން ކުޅުންތެރިން ހޯދަން ބާސާއިން ދާދި ފަހުން ނިމުނު ޓްރާންސްފާ ބާޒާރުގައި މަސައްކަތްކުރިއިރު، ތިން ކުޅުންތެރިންގެ އެއްބަސްވުންވެސް ސީޒަން ނިމުމުން ހަމަވާނެތީ، ޖެނުއަރީ މަހު ކުޑަ އަގަކަށް އެ ކުޅުންތެރިން ހޯދުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.

ކޫމަނުގެ އިރުޝާދުގެ ދަށުން ބާސާއިން ބަދަލުތައް ގެންނަމުންދާއިރު، އަދި މިހާތަނަށް މި ސީޒަނުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ސްޕެނިޝް ލީގުގައި އެ ޓީމު އޮތީ ތާވަލުގެ ތާވަލުގެ 12 ވަނައިގައި ކުޅުނު ހަ މެޗުން އަށް ޕޮއިންޓާއެކުއެވެ. އެކަމަކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާއިން މިހާތަނަށް ރަނގަޅު ކުޅުމެއް ދެއްކާފައިވާއިރު، ގްރޫޕް ޖީގެ އެއްވަނައިގައި ބާސާ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް