އިރާނުގެ ތާއިދު އޮންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީ އިން ޔަމަނަށް ދިން ހަމަލާއެއްގައި ކުޑަ ކުއްޖަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
އެގޮތުން ހޫތީއިން ޔަމަނުގެ ދެކުނުގައި އޮންނަ ސިޓީ އެއް ކަމަށްވާ ތާއިޒް އަށް މޯޓަރު ބަޑި އާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އާންމުންގެ އެކަކު މަރުވެފައިވާ އިރު، އިތުރު 14 މީހަކަށް ވަނީ އަނިޔާވެފައެވެ.
ބުދަ ދުވަހު ތާއިޒްގެ ޖަބަލް ހަބަޝީ ސަރަހައްދަށް ޑްރޯނެއް ބޭނުން ކޮށްގެން ހަަމަލާއެއް ދީފައިވާ އިރު، މި ހަމަލާގައި އަސްކަރިއްޔާގެ 10 އޮފިޝަލަކަށް ވަނީ އަނިޔާވެފައެވެ. އަދި ހަމަ އެދުވަހު ތާއިޒްގެ ކާމްބު ސަރަހައްދުގައި މޯޓަރު ބަޑިން ހޫތީން ދިން ހަމަލާ ތަކުގައި ޕްރައިމަރީ ސްކޫލްގެ ދަރިވަރެއް ވަނީ މަރުވެފައެވެ.
ހަބަރުތަކުގައިވާ ގޮތުން ހޫތީ ހަމަލާދިން ވަގުތު ވެގެން ގޮސްފައި ވަނީ ސްކޫލް ނިންމުމަށްފަހު ދަރިވަރުން ގެއަށް ދިޔަ ވަގުތެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
