ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 09:03
ބަނދަރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 431.1 މިލިއަން ރުފިޔާ ހޭދަކޮށްފައި
ބަނދަރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 431.1 މިލިއަން ރުފިޔާ ހޭދަކޮށްފައި
އެމްޓީސީސީ
ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު
ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު ދަށަށް
ޕީއެސްއައިޕީގެ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 3,330.6 މިލިއަން ރުފިޔާ ހަަރަދުކޮށްފައި
ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 283.7 މިލިއަން ރުފިޔާ
ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 303.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި

ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ކުރި ހަރަދު ވަނީ ފާއިތުވި އަހަރާއި އަޅާބަލާއިރު ދަށްވެފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީގެ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 3,330.6 މިލިއަން ރުފިޔާ ހަަރަދުކޮށްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 3,408.9 މިލިއަން ރުފިޔާއެވެ.

އޮކްޓޫބަރ 29 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން 932.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 431.1 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް 206.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 294.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެއިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 94 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 43.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 283.7 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 303.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 76.4 މިލިއަން ރުފިޔާއެވެ.

އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 42.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 101.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ތަފާސް ހިސާބުތަކުގައި ވާގޮތުން މިސްކިތްތައް އިމާރާތްކޮށް މަރާމާތުކުރުމަށް 25.6 މިލިއަން ރުފިޔާ ވަނީ އޮކްޓޫބަރ 29 ގެ ނިޔަލަށް ހަރަދުކޮށްފަ އެވެ. އަދި ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 930.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 8.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

- ކޮމެންޓް