ކ. މާލެ
|
5 ނޮވެންބަރ 2020 | ބުރާސްފަތި 16:29
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކުދި އަދި މެދު ފަންތީގެ ވިޔަފާރި
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ މަސައްކަތްތަކައް އެހީތެރިވުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
 
އެމްއޯޔޫގެ މަޤްސަދަކީ އެޗްޑީސީ އާއި ބީސީސީ އަދި އެމްއީޑީ އިން ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުމާލޭގައި ހިންގާ ޕްރްޖެކްޓްތަކުގައި އެޗްޑީސީގެ އެއްބާރުލުމާއި ބައިވެރިވުން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެ ފަހި މާހައުލެއް ގާއިމު ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސްކަތްތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި އެމްއޯޔޫގައި އިކޮނޮމިކް މިނިސްޓްރީގެ ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަހްމަދެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފަޒްލީނާ ފާކިރްއެވެ.

ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ އެމްއޯޔޫގެ މަޤްސަދަކީ އެޗްޑީސީ އާއި ބީސީސީ އަދި މިނިސްޓްރީން ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުމާލޭގައި ހިންގާ ޕްރްޖެކްޓްތަކުގައި އެޗްޑީސީގެ އެއްބާރުލުމާއި ބައިވެރިވުންކަމަށެވެ.

މީގެއިތުރުން އެޗްޑީސީ ހިންގާ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބައިވެރިކުރުމަށް މަގުފެހި ކޮށްދިނުމާއި އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ. އަދި ބީސީސީ އިސްނަގައިގެން އެފަދަ ވިޔަފާރިތަށް ތަރައްގީ ކުރުމަށްޓަކައި ހުޅުމާލޭގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި، ކޮންސެޝަނަލް ރޭޓްއެއްގައި ޖާގަ ފޯރުކޮށްދިނުން ކަމަށެވެ.

އެޗްޑީސީ އާއި ބީސީސީ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމާއި، މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީ ހިންގާ ހަރަކާތްތަކަށް އެޗްޑީސީ އިން ދެވެން އޮތް އެހީތެރިކަމެއް ދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ދުރު ރާސްތާގެ ޕްލޭންތައްހެދުންވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މިފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދިނުމަށް، ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި