ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 13:24
އެޕަލް ސިލިކަން ޗިޕް އެކުަލެވޭ މެކްސް
އެޕަލް ސިލިކަން ޗިޕް އެކުަލެވޭ މެކްސް
ޔޫޓިއުބް
އެޕަލްގެ އެންމެ ފަހުގެ މެކްބުކް
އެޕަލްގެ މެކް ބުކްގެ އެންމެ ފަހުގެ ވަރޝަންތައް ދައްކާލަނީ
މިއީ މިހަރު އެޕަލް އިން ބާއްވާ މިފަދަ ބޮޑު ތިންވަނަ އިވެންޓް
އިތުރު އާ އުފެއްދުންތައް ވެސް ދައްކާލުމަށް ވަނީ ނިންމާފަ
އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށް

އެޕަލްގެ މެކް ބުކްގެ އެންމެ ފަހުގެ ވަރޝަންތައް ދައްކާލުމަށް ތައްޔާރުވެއްޖެއެވެ.

އެކުންފުނިން ނޮވެމްބަރ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވަން މޯ ތިންގް' އިވެންޓަށް ދައުވަތު އަރުވާފައިވީއިރު މި އިވެންޓާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މިއީ މި އަހަރު އެޕަލް އިން ބާއްވާ މިފަދަ ބޮޑު ތިންވަނަ އިވެންޓަށްވީއިރު މި އިވެންޓުގައި އެ ކުންފުނީގެ އެންމެ ފަހުގެ މެކްބުކް ގެ ވަރޝަންތަކުގެ އިތުރުން އިތުރު އާ އުފެއްދުންތައް ވެސް ދައްކާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދައްކާލާނެ ކަމަށް ބެލެވޭ ބައެއް އުފެއްދުންތަކަށް ބަލާއިރު އެކުންފުނީގެ އެޕަލް ސިލިކަން ޗިޕް އެކުލެވޭ މެކްސް ގެ އިތުރުން މެކްބުކްގެ އެންމެ ފަހުގެ ވަރޝަންގެ އަދި 12 އިންޗީގެ މެކްބުކް ގެ ވަރޝަންއެއްވެސް ދައްކާލާނެ ކަމަށް ބެެލެވެއެވެ.

އެންމެ ފަހުން އެޕަލް އިން ވަރޗުއަލްކޮށް ބާއްވާފައިވާ އިވެންޓުގައި ވަނީ އެޕަލްގެ އާ އައިފޯނު ދައްކާލާފައެވެ. އެއީ އޮކްޓޯބަރ މަހުގެ 13 ދުވަހުގައެވެ. އޭގެކުރިން ސެޕްޓެމްބަރ މަހުގައި ބޭއްވި ހަމަ މިފަދަ ހަފްލާއެއްގައި ވަނީ އެޕަލް ގެ އާ ގަޑި އަދި އާ އައިޕެޑްތަކެއް ދައްކާލާފައެވެ.

މިހުރިހާ އިވެންޓެއްވެސް ބާއްވާފައިވަނީ ވަރޗުއަލް ކޮށެވެ. އަދި ނޮވެމްބަރ 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށެވެ. މި އިވެންޓް އެ ކުންފުނީގެ އޮފިޝަލް ވެބްސައިޓްގެ އިތުރުން ޔޫޓިއުބް ޗެނަލުން ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް