ކ. މާލެ
|
3 ނޮވެންބަރ 2020 | އަންގާރަ 18:36
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
ޔުނައިޓެޑާ ގުޅެން ޕޮޗެޓީނޯ ބޭނުންވުން
ޕޮޗެޓީނޯ ބޭނުންވަނީ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާން
ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވޭ
ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ޓީމަކާ ގުޅެން ތައްޔާރަށް ހުރި ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައި

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ހަވާލުވަން ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. ޕޮޗެޓީނޯ ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް އަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ދާދި ފަހުން ޕޮޗެޓީނޯ ބުނީ އޭނާ އިންތިޒާރުކުރަނީ ރަނގަޅު މަޝްރޫއަކަށް ކަމަށާއި، މިހާރު ހުރީ ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ޓީމަކާ ގުޅެން ތައްޔާރަށް ކަމަށެވެ. އަދި މީގެ ކުރިން އޭނާ ވަނީ އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކާ ގުޅެން ބޭނުންވާކަމަށްވެސް ބުނެފައެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ ޕޮޗެޓީނޯއަށް މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ދެ ކުލަބުގެ ތެރެއިން ޕޮޗެޓީނޯ ގުޅެން އެންމެ ބޭނުންވަނީ ޔުނައިޓެޑަށެވެ.

ޔުނައިޓެޑުން އަންނަނީ އެ ޓީމުގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ބަދަލުގައި ޕޮޗެޓީނޯ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ މެނޭޖުމަންޓުން ސޯލްޝެއާ ވަކިކޮށް އައު ކޯޗެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ހޯދުމަށް ސިޓީ އާއި ޔުނައިޓެޑުންވެސް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން އޭނާ ހޯދުމަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން ބާސާއިން ވަނީ އެ ޓީމުގެ ކޯޗަކަށް ރޮނާލްޑް ކޫމަން ހަމަޖެއްސުމުގެ ކުރިން ޕޮޗެޓީނޯއާއެކު މަޝްވަރާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް