ކ. މާލެ
|
2 ނޮވެންބަރ 2020 | ހޯމަ 08:20
އާދިއްތަ ދުވަހު ރަސްދޫއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
އާދިއްތަ ދުވަހު ރަސްދޫއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ރާއްޖެއެމްވީ
ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއައުން
ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އާދިއްތަ ދުވަހު
 
އޮކްޓޯބަރު މަހަށް ލަފާކުރި 21،000 ފަތުރުވެރިން ރާއްޖެވަނީ އައިސްފައި
 
އާދިއްތަ ދުވަހު 1،582 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި މަހުގެ 15 ގައި ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އާދިއްތަ ދުވަހު ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް އާދިއްތަ ދުވަހުގެ ރޭ މިނިސްޓަރ ކުރައްވާފައިވާ ޓްވީޓްގައިވަނީ އާދިއްތަ ދުވަހު 1،582 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި މިއީ ބޯޑަރު ހުޅުވާލިފަހުން އައު ރެކޯޑެއް ކަމަށެވެ.

އަދި މިނިސްޓަަރުވަނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މިދިޔަ އޮކްޓޯބަރު މަހަށް ލަފާކުރި 21،000 ފަތުރުވެރިން އެ މަސް ތެރޭ ރާއްޖެ އައިސްފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 އެއްހާ ފަރުވެރިން ކަމަށެ އެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ސީޒަން ދުވަސްތައް ކަމަށްވާތީ، މިހާރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެގުނަ ވެގެން ދިއުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ.

ނިމިދިއަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، އެއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ރެކޯޑް އަދަދެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އެގޮތުން އެގައުމުން ވަނީ 4817 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އެމެރިކާ، އިނގިރޭސި ވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި ވަނީ މި އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ