ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 22:21
ކަނޑިއްމަ ރިސޯޓް؛ އެ ރިސޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕޮޒިޓިވްވެފައި
ކަނޑިއްމަ ރިސޯޓް؛ އެ ރިސޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕޮޒިޓިވްވެފައި
ބުކިންގ.ކޮމް
މާލެއިން ބޭރުގެ ކޭސްތައް އިތުރުވުން
އަތޮޅުތެރެއިންނާއި ރިސޯޓްތަކުން ފެނުނު ކޭސްތައް އިތުރުވެ މިއަދު 42 މީހަކު ޕޮޒިޓިވް
42 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުން
69 މީހަކު ވަނީ ބަލިން ރަނގަޅުވެފައި

އަތޮޅުތެރެއިންނާއި ރިސޯޓްތަކުން އިތުރު ކޭސްތަކެއް ފެނި އާދީއްތަ ދުވަހު 42 މީހަކު ޕޮޒިޓިވްވިވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 20 މީހުންނެވެ. އަދި އަތޮޅު ތެރެއިންނާއި ރިސޯޓްތަކުން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އާދިއްތަ ދުވަހު ޕޮޒިޓިވްވި 42 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 23 ބިދޭސީންނެވެ.

އެންމެފަހުން ޕޮޒިޓިވްވި 42 މީހުންނާއެކު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،701 އަށް އަރާފައެވެ. އާދީއްތަ ދުވަހު 69 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،883 އަށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 773 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 4 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 51 މީހަކަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 243 މީހަކު އެބަތިއްބެވެ. ފާއިރުވެދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކޮށްފައިވަނީ 1920 ސާމްޕަލެވެ.

ރިސޯޓްތަކުގެ ތެރެއިން ކަނޑިއްމަ ރިސޯޓުން ކްލަސްޓަރއެއް ފެނިގެން އެ ރިސޯޓް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ރިސޯޓުން ކޮވިޑް-19 ޖެހިގެން 60 އަހަރުގެ މީހަކު ނިޔާވެފައިވާ އިރު އިތުރު 17 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި އެޗްއީއޯސީގެ ޓީމެއް ދަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.

- ކޮމެންޓް