ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 18:27
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ޕީޖީ ޝަމީމް (ވ) އަދި ޝޯގެ ހޯސްޓް އާމިރު ސަލީމް (ކ)
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ޕީޖީ ޝަމީމް (ވ) އަދި ޝޯގެ ހޯސްޓް އާމިރު ސަލީމް (ކ)
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް
ފަށާއިރަކީ ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ މޯރނިންގ ޝޯވއެއް: ޕީޖީ
އެކި ޤައުމުތަކުގެ މޯރނިންގ ޝޯވް ބައްލަވާފައިވާނެ: ޕީޖީ ޝަމީމް
ފަށާއިރު ޕްރޮގްރާމަކީ ދުނިޔޭގެ އެހެން މޯރނިންގެ ޝޯވތަކާ އަޅާކިޔާލެވޭވަރުގެ ޕްރޮގްރާމެއް ކަމަށް ވިދާޅުވި

ރާއްޖެޓީވީގެ މޯރނިންގ ޝޯވް "ފަށާއިރު" އަކީ ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ ފަދަ ޕްރޮގްރާމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އެކި ޤައުމުތަކުގެ މޯރނިންގ ޝޯވ ބައްލަވާފައިވާނެ ކަމަށާއި، ރާއްޖެޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމަކީ އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް އިނގޭތޯ، އަޅުގަނޑު ވަރަށް ގިނަ ޤައުމުތަކުގެ މޯރނިންގ ޝޯޕް ބަލަން، މި ޕްރޮގްރާމްގައި މި ދައްކަވާ ވާހަކަތަކާއި، ގެންނަ ގޮތާއި، މި ކަންކަމަކީ ދުނިޔޭގެ ފެންވަރުގެ ކަންކަން، އެހެންވީމަ ދުނިޔޭގަ ވަކި ނުހުންނާނެއޭ މިއަށްވުރެ ވަކި މޮޅަށް ގެންނަ ޕްރޮގްރާމެއް މޯރނިންގ ޝޯވްއެއް، އެހެންވީމަ އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން އެގޮތަށް މަސައްކަތް ކުރަންޖެހެއޭ,
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް

ކޮންމެ ދުވަހަކު ހެނދުނު ރާއްޖެޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމަކީ ފަސް އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ގެނެސްދެމުންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ އެދުވަސްވަރެއްގައި ހިމެނޭ މުހިންމު ގިނަ ކަންކަމަށް އަލި އަޅުވާލައިގެން ކުރިއަށްގެންދާ އުފެއްދުންތެރި، މައުލޫމާތު މުއްސަނދި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ހޮސްޓް އާމިރު ސަލީމް ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އާންމުން ހޭލުންތެރިކުރުވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވީހާވެސް ތިލަކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. އެގޮތުން އެފަދަ ވާހަކަތައް ގެނެސްދޭއިރު، ރައްޔިތުން ހިތްދަތި ނުވެ އުފާވާ ގޮތަށް ހަބަރާއި މައުލޫމާތު ގެނެސްދެވޭތޯ އަބަދުވެސް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށާއި، ސިޔާސީ މަސްރަހު އަދި މުނިފޫހިފިލުވުމުގެ ކަންކަމަށްވެސް އަލިއަޅުވާލައިގެން ގެނެސްދޭ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ވާހަކަތައް ގެނެސްދޭއިރު މަޖާޒީކޮށް ސިޔާސީ ފަރާތްތަކުގެ ވާހަކަތަކާއި، ސަރުކާރުގެ ވާހަކަތައްވެސް ހަމަހަމަކަމާއެކު އެއްވަރަކަށް ގެނެސްދެމުންދާކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް