ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 16:14
ޕްރައިމް ފާޓިލައިޒާސް
ޕްރައިމް ފާޓިލައިޒާސް
ރާއްޖެއެމްވީ
ޕްރައިމް ރޯދަ ޕްރޮމޯޝަން
ބޮޑެތި އިނާމްތަކާއި އެކު ޕްރައިމް ރޯދަ ޕްރޮމޯޝަން ފަށައިފި
 
މިޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެމްބަރ އިން ފެށިގެން 31 މާރޗް 2021ގެ ނިޔަލަށް
 
މިޕްރޮމޯޝަންއިން ގުރުއަތުން 3 ނަސީބުވެރި ފަރާތެއް ހޮވާނެ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ވިއްކަމުން ގެންދާ ޕްރައިމް ފާޓިލައިޒާސްއިން ޕްރައިމް ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރައިމްގެ ފިހާރަތަކުން 500 ރުފިޔާއަށް ވުރެ މަތީ ވިޔަފާރިކުރާ ފަރާތްތަކަށެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވެސް މުދަލާއިއެކު ކޫޕަން ފޯރުކޮށްދޭނެ ކަމަށް ޕްރައިމް ފާޓިލައިޒާސްގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ މުހައްމަދު ޒާހިދު ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެމްބަރ 2020 އިން ފެށިގެން 31 މާރޗް 2021ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ 3 ނަސީބުވެރި ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ވަނީ ހުށައަޅާފައެވެ. އެގޮތުން އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ މެލޭޝިޔާއަށް 2 މީހަކަށް ދެކޮޅު ޓިކެޓް، 5 ރޭ ވަންދެން ހުރުމާއި ކެއުމާއިއެކު އަދި މީގެ އިތުރުން ކެމެރަން ހައިލެންޑްސް 1 ދުވަހުގެ ޓުއަރއެކެވެ. އަދި ދެވަނައަށް ހޮވޭ ފަރާތްތަކަށް 25،000 ރުފިޔާގެ ގިފްޓް ވައުޗަރގެ އިތުރުން ތިންވަނައަށް ހޮވޭ ފަރާތްތަކަށް 40 ޕޮޓްގެ އޮޓޯޕޮޓް ސިސްޓަމެއް ވަނީ ހުށަހަޅާފައެވެ. ގުރުއަތު ނެގުން އޮންނާނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަސްތެރޭގައެވެ.

ޕްރައިމް ފާޓިލައިޒާސްގެ ފަސް ފިހާރަ ހުރެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި ވެސް ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ފިހާރައެއް ވަނީ ހުޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
0%
0%
67%
ކޮމެންޓް