ކ. މާލެ
|
1 ނޮވެންބަރ 2020 | އާދީއްތަ 15:06
ނޯންޓްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން
ނޯންޓްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ނޯންޓްސް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
ނޯންޓްސް އަތުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުން
ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި 21 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ނޯންޓްސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ނޯންޓްސްގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން ބްރެޒިލުގެ ތަރި ނޭމާ ނުލައި ކުޅުނު ޕީއެސްޖީން މި މެޗުގައި ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އެންޑަ ހެރޭރާއެވެ.

މި މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭރިއާ ތެރެއިން އެމްބާޕޭއަށް ނޯންޓްސްގެ ޖީންސް-ޗާލްސް ކަސްޓެލެޓޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލްއަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ޕީއެސްޖީ އަތުން ބަލިިވި ނޯންޓްސް އޮތީ ތާވަލުގެ 16 ވަނައިގައި އަށް މެޗުން އަށް ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ރެނެސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް