ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 22:48
ތޮއްޑޯ އޯޕަންސް 2020 ބެޑްމިންޓަން މުބާރާތުގައި ވަނަ ހޯދި ބައެއް ކުޅުންތެރިން
ތޮއްޑޯ އޯޕަންސް 2020 ބެޑްމިންޓަން މުބާރާތުގައި ވަނަ ހޯދި ބައެއް ކުޅުންތެރިން
ސޯޝަލް މީޑިއާ
ތޮއްޑޯ އޯޕަންސް 2020
ތޮއްޑޫ އޯޕަންސް ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
ދެ ޖިންސުގައި ޖުމްލަ 53 ކުޅުންތެރިން ވަނީ ވާދަކޮށްފައި
މި މުބާރާތުގައި ޖުމްލަ 58 މެޗު ވަނީ ކުޅެފައި

އއ. ތޮއްޑޫގައި ކުރިޔަށްދިޔަ "ތޮއްޑޫ އޯޕަންސް 2020" ބެޑްމިންޓަން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތިން ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި 53 ކުޅުންތެރިން ވަނީ ވާދަކޮސްފައެވެ. އަދި މި މުބާރާތުގައި ޖުމްލަ 58 މެޗު ވަނީ ކުޅެފައެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ މެންސް ސިންގަލްސްގެ ޗެމްޕިއަންކަން މުޙައްމަދު ޝިރުހާން ހޯދިއިރު، މެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ހަސަން ފިރާޒާއި ވިޝާމް އަޙުމަދުގެ ޕެއާއިންނެވެ. އަދި މި ބައިގެ ވިމެންސް ސިންގަލްގެ ޗެމްޕިއަންކަން އައިޝަތު ޝަނޫރާ ހޯދިއިރު، ވިމެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޚަދީޖާ ނަހުލާ އާއި އައިޝަތު ރޯޒްލީނުގެ ޕެއާއިންނެވެ. އަދި ފުރަތަމަ ޑިވިޝަނުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޝިރުހާނާއި ޒުލެއިޚާ ނަހުލާގެ ޕެއާއިންނެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ މެންސް ސިންގަލްސްގެ ޗެމްޕިއަންކަން އާދަމް ޖުމާން ހޯދިއިރު، މެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިބްރާހީމް ނަސީހާއި ނިޝާހު އާދަމްގެ ޕެއާއިންނެވެ. މި ޑިވިޝަނުގެ ވިމެންސް ސިންގަލްސްގެ ޗެމްޕިއަންކަން ހައްވާ ސިފުރާ ހޯދިއިރު، ވިމެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ފާތިމަތު ރިޒާނާ އާއި ޝާހިދާ އާދަމްގެ ޕެއާއިންނެވެ. އަދި ދެވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިބްރާހީމް ނަސީހާއި ހައްވާ ނުހާގެ ޕެއާއިންނެވެ.

މުބާރާތުގެ ތިންވަނަ ޑިވިޝަނަކީ ސްކޫލް ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކެޓެގަރީއެވެ. މި ބައިގެ ސިންގަލްސް ޗެމްޕިއަންކަން އަޙްމަދު މަހީން މުޙައްމަދު ހޯދިއިރު، މެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ލޫތު މަޖީދު ހަސަނާއި ޔައިޝް ހަސަންގެ ޕެއާއިންނެވެ.

މި މުބާރާތަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާއި، ބެޑްމިންޓަން އޭޝިއާ އަދި މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު ތޮއްޑޫ ކައުންސިލް އަދި އަސްކަނި ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް