ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 16:03
ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ
ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ
ގެޓީ އިމޭޖަސް
ޚެއްލާފީ މައްޗަށް ކުރި ދައުވާ
ކޮރަޕްޝަނުގެ ދައުވާއިން ޕީއެސްޖީގެ ރައީސް ސަލާމަތްވެއްޖެ
ޚެއްލާފީގެ މައްޗަށް އުފުލި ދައުވާއަކީ ޓީވީ ރައިޓްސް ނެގުމުގައި ރިޝްވަތު ދީފައިވާ ކަމަށް ބުނެ އުފުލި ދައުވާ
ޚެއްލާފީގެ މައްޗަށް 28 މަހުގެ ޖަލު ހުކުމެއް އިއްވަން ކޯޓުގައި އެދުނު

ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން އުފުލި ކޮރަޕްޝަނުގެ ދައުވާއިން ޕީއެސްޖީގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލް-ޚެއްލާފީ ސަލާމަތްވެއްޖެއެވެ.

ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ބެއިން މީޑިއާ ގްރޫޕުގެ ޗެއާމަނުގެ މަގާމުވެސް ފުރުއްވަމުން އަންނަ ޚެއްލާފީގެ މައްޗަށް އުފުލި ދައުވާއަކީ ޓީވީ ރައިޓްސް ނެގުމުގައި ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭއަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެ އުފުލި ދައުވާއެކެވެ.

ވަލްކޭ މިވަގުތުވެސް ހުރީ ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް ސާބިތުވެ ސަސްޕެންޝަނެއްގައެވެ. ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން އޭރު ވިދާޅުވީ، ވަލްކޭ އާއި ޚެއްލާފީ އަދި އެހެނިހެން ވިޔަފާރިވެރިންތަކެއް ގުޅިގެން ފީފާ ވޯލްޑް ކަޕުގެ ޓީވީ ރައިޓްސް ނަހަމު ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވި ކަމަކީ 2026 އާއި 2030 ގެ ވޯލްޑް ކަޕްތަކުގެ ޓީވީ ރައިޓްސް ޑީލް ބެއިން ސްޕޯޓްސްއަށް ދޭން ނިންމާފައިވާ މައްސަލައެވެ.

ސްވިސް ފެޑެރަލް ކޯޓު އޮފް ބެލިންޒޯނާގައި ޚެއްލާފީގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި އޭނާ ހިންގަމުން އަންނަ ގަތަރުގެ ބެއިން ސްޕޯޓްސްއަށް ވޯލްޑް ކަޕުގެ ޓީވީ ރައިޓްސް ހޯދުމުގައި ވަލްކޭއަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި، ޕީއެސްޖީ ރައީސްގެ ގޮތުގައި ހުރެ ޔުއެފާ އެގްޒެކުޓިވް ބޯޑް މެންބަރެއްގެ ހައިސިއްޔަތު ބެނުންކޮށް ބާރާއި ނުފޫޒު ބޭނުންކޮށް މަންފާއެއް ހޯދުމުގެ ދައުވާ ހިމެނެއެވެ. އަދި ކޮރަޕްޝަނުގެ މި ދައުވާތަކާ ގުޅިގެން ޚެއްލާފީގެ މައްޗަށް 28 މަހުގެ ޖަލު ހުކުމެއް އިއްވަން ކޯޓުގައި ޕްރޮސެކިއުޓަރުން އެދުނެވެ.

އެކަމަކު ޚެއްލާފީގެ ވަކީލުން ދާދި ފަހުން ނެރުނު ބަޔާނެއްގައި ވަނީ ހަތަރު އަހަރު ވަންދެން ޚެއްލާފީއާ ދެކޮޅަށް ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ހިންގި މި ތަހުގީގަށްފަހުވެސް، މި ދައުވާއިން ޚެއްލާފީ ސަލާމަތްވެފައިވާ ކަމަށް ބުނެފައެވެ.

ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން އުފުލި ކޮރަޕްޝަނުގެ ދައުވާއިން ޚެއްލާފީ ސަލާމަތްވިއިރު، މީގެ ކުރިންވެސް ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ވަނީ ޚެއްލާފީގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލާފައެވެ. އެކަމަކު ޖެނުއަރީ މަހު އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ. އެ ފަހަރު އެ ގޮތަށް ނިންމީ ކޯޓުން ބޭރުގައި ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުންނާއި ޚެއްލާފީގެ ވަކީލުން ބަައްދަލުކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް