ކ. މާލެ
|
31 އޮކްޓޯބަރ 2020 | ހޮނިހިރު 13:46
ގޯ އެއަރގެ ފްލައިޓްގެ ދަތުރުތައް ނޮވެމްބަރު 1ގައި ފަށަނީ
ގޯ އެއަރގެ ފްލައިޓްގެ ދަތުރުތައް ނޮވެމްބަރު 1ގައި ފަށަނީ
ޓައިމްސް އޮފް އިންޑިއާ
ގޯ އެއަރ އިން ރާއްޖެއަށް ދަތުރުތައް ފެށުން
ނޮވެމްބަރ މަހުން ފެށިގެން ގޯ އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށަނީ
 
ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު މިހާތަނަށް 15 އެއަރލައިނަކުން ވަނީ ދަތުރުތައް ފަށާފަ
 
މާދަމާއިން ފެށިގެން ދަތުރުތައް ފަށާނެ
 
އިންޑިއާގެ ތިން މަންޒިލަކުން ގޯ އެއާރއިން ރާއްޖެއަށް ހަފްތާއަކު 11 ފްލައިޓް ދަތުރު ކުރާނެ

ނޮވެމްބަރ މަހުން ފެށިގެން ގޯ އެއަރ އިން ރާއްޖެއަށް ދަތުރުތައް ކުރަން ނިންމައިފިއެވެ.

މިކަން ހާމަ ކުރަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފައިވަނީ ގޯ އެއަރ އިން ރާއްޖެއަށް ނޮވެމްބަރ 1ން ފެށިގެން ދަތުރުތައް ކުރަން ނިންމާފައިވާކަމަށެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ކޯޕަރޭޓް އެފެއަރޒްގެ ޑެޕިއުޓީ ޗީފް އޮފިސަރ މުހައްމަދު ނިޔާޒް ވިދާޅުވީ، އިންޑިއާގެ ތިން މަންޒިލަކުން ގޯ އެއަރއިން ރާއްޖެއަށް ހަފްތާއަކު 11 ފްލައިޓް ދަތުރު ކުރާނެކަމަށެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު މިހާތަނަށް 15 އެއަރލައިނަކުން ވަނީ ދަތުރުތައް ފަށާފައެވެ. މީގެ ތެރޭގައި އޭރޯފްލޮޓް، އެއަރ އިންޑިއާ، ބްރިޓިޝް އެއަރވޭސް، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް އަދި އޮސްޓްރިއަން އެއަރލައިން ހިމެނޭއިރު އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ލުފްތަންސާ އަދި ފްލައި ދުބާއީއިންނެވެ.

ފިނިމޫސުމާ ދިމާކޮށް މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަމަހުގެ ތެރޭގައިވެސް ރާއްޖެއަށް ގިނަ އެއަރލައިން ތަކަކުން ދަތުރުތައް ފެށުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ނޯޑްވިންޑް، އަޒުރު އެއަރ ރަޝިއާ، ޗައިނާ ސަދަން އެއަރލައިން، ގަލްފް އެއަރއެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ، ނޮވެމްބަރު މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށާނެކަމަށް މީގެކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި