ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 21:16
މާރަންދޫ ކަމަނާ ކަޕް 2020 ގެ ޗެމްޕިއަންކަން ޗެޕޭ ސްޕޯޓްސް އެކެޑަމީގެ ޓީމު
މާރަންދޫ ކަމަނާ ކަޕް 2020 ގެ ޗެމްޕިއަންކަން ޗެޕޭ ސްޕޯޓްސް އެކެޑަމީގެ ޓީމު
ސޯޝަލް މީޑިއާ
މާރަންދޫ ކަމަނާ ކަޕް
މާރަންދޫ ކަމަނާ ކަޕުގެ ޗެމްޕިއަންކަން ޗެޕޭ ސްޕޯޓްސް އެކެޑަމީއަށް
މުބާރާތުގެ ޗެމްޕިއަންކަން ޗެޕޭ ސްޕޯޓްސް އެކެޑަމީ މާރަންދޫ ޔޫތު ސޮސައިޓީ އަތުން 6-2 ން މޮޅުވެގެން
މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ވާދަކޮށްފައި

ހއ. މާރަންދޫގައި ބޭއްވި ހޭންޑްބޯޅަ މުބާރާތް ކަމަށްވާ "މާރަންދޫ ކަމަނާ ކަޕް 2020" ގެ ޗެމްޕިއަންކަން ޗެޕޭ ސްޕޯޓްސް އެކެޑަމީން ހޯދައިފިއެވެ.

މާރަންދޫގެ އަންހެނުންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ޗެޕޭ ސްޕޯޓްސް އެކެޑަމީ ހޯދީ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި މާރަންދޫ ޔޫތު ސޮސައިޓީ އަތުން 6-2 ން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެޕޭ ސްޕޯޓްސް އެކެޑަމީގެ އައިޝަތު އަޙްމަދެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު މާރަންދޫ ޔޫތު ސޮސައިޓީގެ ޝިމާނާ އަބްދުﷲ ހޯދިއިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އަންހެނުންގެ ކޮމިިޓީގެ ލުބުނާ މުޙައްމަދެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކީ އަންހެނުންގެ ކޮމިޓީއެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ މާރަންދޫ ޔޫތު ސޮސައިޓީ، އަންހެނުންގެ ކޮމިިޓީ، ބަނޑޭރި ސްޓާ ސްޕޯޓްސް ކުލަބު އަދި ޗެޕޭ ސްޕޯޓްސް އެކެޑަމީއެވެ.

މި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި އަބްދުލް ކަރީމް އަބްދުއްރަޙުމާން ވިދާޅުވީ މި މުބާރާތަކީ މާރަންދޫ ކައުންސިލާއި، އެ ރަށުގެ އިޖުތިމާޢީ މަރުކަޒު ގުޅިގެން ރަށުގެ އަންހެނުން ކުޅިވަރަށް އަހުލުވެރިކޮށް، ކުޅިވަރުގެ މައިދާނުގައި ކުރިއަށްދިޔުމަށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ މުބާރާތެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް