ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 18:01
ސްވިޒަރލޭންޑުއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކުރާ ގައުމެއް
ސްވިޒަރލޭންޑުއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކުރާ ގައުމެއް
ޓްވިޓަރ
ރާއްޖޭގެ ފަތުރުވެރިކަން
ސްވިޒަރލޭންޑުން ރާއްޖެ އަކީ ދަތުރު ކުރުމަށް ރައްކާތެރި މަންޒިލެއްކަމަށް ކަނޑައަޅައިފި
ރާއްޖެއިން ސްވިޒަރލޭންޑަށްދާ ފަރާތްތަކުން އައިސޮލޭޝަނަށް ދާން ނުޖެހޭނެ
އެ އެއަރލައިނުން ދަނީ ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރަމުން

ސްވިޒަރލޭންޑުން ރާއްޖެ އަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްކަމަށް ކަނޑަ އަޅައިފިއެވެ.

ރާއްޖެއަކީ ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅައި ރާއްޖެއިން ސްވިޒަރލޭންޑަށްދާ ފަރާތްތަކުން އައިސޮލޭޓް ވާން ނުޖެހޭ ގޮތަކަށް އެޤައުުމުގެ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެގައުމުގެ މީޑިއާއެއް ކަމަށްވާ "މަކާއު ނިއުސް އޭޖެންސީ" އިން ބުނެފައިވާ ގޮތުގައި އެގައުމުގައި ދެން ކަރަންޓީނު ވާންޖެހޭނީ 100000 (އެއްލައްކަ ކޭސް) އިން މަތިން ކޮވިޑް ކޭސްތައް ފެނިފައިވާ ގައުމުތައް އެކަންޏެވެ. މިލިސްޓްގައި ރާއްޖެ ހިމެނިގެން ނުދެއެވެ.

މީގެކުރިން ރާއްޖެއިން ސްވިޒަރލޭންޑަށްދާ ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހެއެވެ. އަދި އެ މުއްދަތް ހަމަ ނުކުރާ މީހުންނަށް 10000(ދިހަ ހާސް) ޑޮލަރގެ ޖޫރިމަނާއެއް ދައްކަންޖެހެއެވެ.

ރާއްޖެ ރައްކާތެރި ގައުމު ތަކުގެ ލިސްޓުގައި ހިމެނިފައިވާއިރު 100000 (އެއްލައްކަ) އަށް ވުރެއް ގިނައިން ކޮވިޑް ކޭސްތައް ފެނިފައިވާ ގައުމުތައް ނުވަތަ "ރެޑް ލިސްޓް" ގައި ހިމެނިފައިވާ ގައުުމުތައް 14 ދުވަހުގެ ކަރަންޓީން ހަމަ ކުރަން ޖެހޭ ގޮތަށްވަނީ ކަނޑަ އަޅާފައެވެ.

ސްވިޒަރލޭންޑުން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ވާއިރު އެޤައުމުގެ އެޑެލްވެއިސް އެއަރލައިންއިން އިން ވަނީ ސެޕްޓެމްބަރ މަހު ތެރޭގައި ސްވިޒަރލެންޑާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. އެ އެއަރލައިނުން ދަނީ ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރަމުންނެވެ.

ސްވިޒަރލެންޑުގެ އިތުރުން އިނގިރޭސިވިލާތުންވެސް ދާދިފަހުން ވަނީ ރައްކާތެރިކަމަށް ކަނޑައެޅި މަންޒިލުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައެވެ.

- ކޮމެންޓް
30 އޮކްޓޯބަރ 2020 | ހުކުރު 02:28
ހިއްމަތު
ނިއުޒީލެންޑުން ކަރަންޓީން ކުރަން ނިންމާފައި އޮތީ 10 ދުވަސް، 14 ދުވަހެއް ނޫން. އާއްމު ރައްޔިތުންނާއި ހަމަޔަށް މައުލޫމާތު ފޯރުކޮށްދޭއިރު މިފަދަ މައުލޫމާތު ވެރިފައި ކޮށްފަ ލިޔުން ވަރަށް މުހިންމު.