ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 10:00
އިންޑިއާ ގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 603,251 މީހުން
އިންޑިއާ ގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 603,251 މީހުން
އިންޑިއާ ޓައިމްސް
އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު
އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 މިލިއަނުން މައްޗަށް
 
ބަލިޖެހުނު މީހުންގެ ތެރެއިން 7,314,951 މީހުން ވަނީ ބަލިން ރަނގަޅުވެފައި
 
އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8,038,765 އަށް އަރާފައި

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު އަށް މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ވޯލްޑޮމީޓަރސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8,038,765 (އަށް މިލިއަން ތިރީށް އަށް ހާސް ހަތް ސަތޭކަ ފަސްދޮޅަސް ފަހެއް) އަށް އަރާފައެވެ. އެގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 7,314,951 (ހަތް މިލިއަން ތިން ލައްކަ ސާދަ ހާސް ނުވަ ސަތޭކަ ފަންސާސް އެކެއް) މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އިންޑިއާގައި މިވަގުތު 603,251 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާ އިރު، އެގައުމުން ބަލި ޖެހުނު 120,563 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ ކޮވިޑް-19 ގެ ކޭސްތަކުގެ ޖުމްލަ އަދަދު އަށް މިލިއަނަށް އަރާފައި ވީނަމަވެސް އެގައުމުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ މަދުވާން ފަށާފައެވެ. އެގޮތުން ފާއިތުވި ދެ މަސް ދުވަހު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު 70،000 އަށް ވުރެ މަތީގައި އުޅުނު އިރު، މިހާރު ކޭސްތަކުގެ އަދަދު ވަނީ 50،000 އަށް ވުރެ ދަށްވެފައެވެ.

އިންޑިއާގައި ކޮންމެ ދުވަހަކު ވެސް ލައްކަ އަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓު ކުރާ އިރު، އެ ގައުމުގެ ސަރުކާރުން ވަނީ ގިނަ މަސްތަކެއް ވަންދެން ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލުމަށް ވެސް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް