ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 16:24
ތިން ކުއްތާ މަސްދުވަހުގެ ތެރޭގައި 2،200 ފަސެންޖަރުން ޓެސްޓްކޮށްފައި
ތިން ކުއްތާ މަސްދުވަހުގެ ތެރޭގައި 2،200 ފަސެންޖަރުން ޓެސްޓްކޮށްފައި
ފިންލޭންޑް އިން ކޮވިޑް-19 އަށް ޓެސްޓްކުރުން
ކުއްތާއެއްގެ އެހީގައި ކޮރޯނާ ވައިރަސް ދެނެގަނެވޭ: ދިރާސާ
 
ފަސެންޖަރުންގެ ގައިގައި ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށް ތިން ކުއްތާއެއް ދިރާސާކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ ގެންގުޅެފައި
 
ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ފިންލޭންޑްގެ ހެލްސިންކި އެއަރޕޯޓްގައި

ކުއްތާއެއްގެ އެހީގައި ކޮރޯނާވައިރަސް ހުންނަ މީހުން ދެނެގަނެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފިންލޭންޑް ގައި ކުރިއަށް ގެންދިއަ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އެގައުމުގެ ހެލްސިންކި އެއަރޕޯޓްގައިއެވެ. އެގޮތުން އެއަރޕޯޓަށް އަންނަ ފަސެންޖަރުންގެ ގައިގައި ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށް ތިން ކުއްތާއެއް ދިރާސާކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ ގެންގުޅެފައެވެ.

މި ތިން ކުއްތާވެސް ފަސެންޖަރުގެ ޓެސްޓް ނުގުމުން ކުޅުގެ ވަސް ބެލުމަށް ފަހު އެ ފަސެންޖަރެއްގެ ގައިގައި ވައިރަސް ހުރިތޯ ނުވަތަ ނޫންތޯ ބުނެދެއެވެ.

ފިންލޭންޑްގައި މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ މި ތިން ކުއްތާ މަސްދުވަހުގެ ތެރޭގައި 2،200 ފަސެންޖަރުން މިގޮތަށް ޓެސްޓްކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކުއްތާތައް ބެލި ބެލުމުން ޓެސްޓް ކުރެވުނު މީހުންގެ 0.6 އިންސައްތަ މީހުންގެ ކިބައިން ވައިރަސް ދެނެގަނެވިފައިވާ ކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެއެވެ.

މި ދީރާސާ އެއްކޮށް ނިމޭނީ ޑިސެމްބަރ މަހު ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުންވެސް ކުއްތާ އަށް ބަލި ދެނެގަނެވޭކަން އެނގިގެން ގޮސްފިކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

ހެލްސިންކި އެއަރޕޯޓަށް ދަތުރުކުރި ފަރާތްތަކުގެ މެދުގައި މިހާތަނަށް ހެދިފައިވާ ޕީސީއާރް ޓެސްޓް ތަކުން ޕޮޒިޓިވްވެފައި ވަނީ ޓެސްޓް ހެދި މީހުންގެ އެކެއް އިންސައްތައަށް ވުރެ ވެސް މަދު މީހުން ކަމަށް ރިޕޯޓްތައްބުނެއެވެ.

ކުއްތާގެ އެހީގައި ކޮރޯނާ ވައިރަސް ދެނެގަތުމަށް ކުރިއަށް ގެންދާ މިދިރާސާގެ އެންމެ ފުރަތަމް ޕްރިލިމިނަރީ ޓެސްޓްތައް ވަނީ ކުއްތާ އަށް 100 އިންސައްތަ ޔަގީންކަމާއި އެކު ޕީސީއާރް ޓެސްޓަކުން ބަލި ދެނެގަނެވުމުގެ ފަސް ދުވަސް ކުރިން ބަލި ދެނެގަނެވޭ ކަމަށް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް
29 އޮކްޓޯބަރ 2020 | ބުރާސްފަތި 20:52
ކުއްތާ
ކުށްތާ އެހެންވީމާ ވާނީ ޑައިރެކްޓް ކޮންޓެކްޓަކަށް