ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 17:01
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވޭ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވޭ
ރާއްޖެއެމްވީ
ކުޑަކުދިންގެ ހިޔާ މޮނިޓަރިންގެ ހާލަތު އުވާލުން
ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ހުރިހާ ކުދިން ބަލިން ރަނގަޅުވެ މޮނިޓަރިންގެ ހާލަތު އުވާލައިފި
ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވީ 2 ކުދިން
ދެ ކުދިން ޕޮޒިޓިވްވެފައިވަނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު
ހުޅުމާލޭގައި ހުންނަ ފިޔަވަތިން 17 ކުއްޖަކު ޕޮޒިޓިވްވެފައިވޭ

ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ހުރިހާ ކުދިން ބަލިން ރަނގަޅުވެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވީ 2 ކުދިންނެވެ. އަދި 89 ކޮންޓެކްޓުން ފާހަގަކުރެވުނު ނަމަވެސް އެންމެންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވްވި ކުދިން ބަލިން ފަސޭހަވުމާއި ގުޅިގެން އަންގާރަ ދުވަހު ކުޑަކުދިންގެ ހިޔާ މޮނީޓަރިންގ ހާލަތު އުވާލާފައިވާ ކަމަށެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ދެ ކުދިން ޕޮޒިޓިވްވެފައި ވަނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ހުރިހާ ކުދިން ބަލިން ރަނގަޅުވެ މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު (ފިޔަވަތި) އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެތަނުން ޖުމްލަ 17 ކުދިން ޕޮޒިޓިވް ވެފައިވާ އިރު ހުރިހާ ކުދިންގެ ހާލަތު ރަނގަޅު ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) އިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

- ކޮމެންޓް