ކ. މާލެ
|
25 އޮކްޓޯބަރ 2020 | އާދީއްތަ 17:20
އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް ނަސްރުﷲ އަޙްމަދު
އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް ނަސްރުﷲ އަޙްމަދު
ސޯޝަލް މީޑިއާ
ނަސްރު 60 މެރެތަން ޖެހުން
ނަސްރު 60 މެރެތަން ހަމަކޮށްފި
ނަސްރު އޭނާގެ 60 ވަނަ މެރެތަން ފުރިހަމަކުރީ މޮސްކޯ ރަނިން މެރެތަނުގައި ވާޗުއަލްކޮށް ބައިވެރިވެ
މި މެރެތަން ނަސްރު ނިންމީ 3 ގަޑިއިރު 40 މިނެޓު 15 ސިކުންތުން

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް އެމްއެންޑީއެފުގެ ނަސްރުﷲ އަޙްމަދު އޭނާގެ 60 ވަނަ މެރެތަން ފުރިހަމަކޮށްފިއެވެ.

ނަސްރު އޭނާގެ 60 ވަނަ މެރެތަން ފުރިހަމަކުރީ މޮސްކޯ ރަނިން މެރެތަނުގައި ވާޗުއަލްކޮށް ބައިވެރިވެ، 3 ގަޑިއިރު 40 މިނެޓު 15 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނަސްރު ހުޅުމާލޭގައި ދުވެ މެރެތަން ޖެހިއިރު، ރޫޓް އެޕްރޫވްކޮށް ޓެކްނިކަލް ކަންކަން ބެލެހެއްޓީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންނެވެ.

މިއީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވި ފަހުން ނަސްރު ޖެހި ތިން މެރެތަނެވެ. ނަސްރު އޭނާގެ 60 ވަނަ މެރަތަން ފުރިހަމަކުރިއިރު، މީގެ ކުރިން އޭނާ 50 މެރެތަން ހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއީ ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންގައި ދުވެގެންނެވެ.

މިއަހަރުގެ ތެރޭގައި އިތުރު 18 މެރެތަން ޖެހުމަށް ނަސްރު މީގެ ކުރިން އަމާޒުހިފި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެކަން ދެން ކާމިޔާބެއް ނުވާނެއެވެ. ނަސްރު ވަނީ މިދިޔަ އަހަރު އެކަނިވެސް 13 މެރެތަން ދުވެފައެވެ.

ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުއެވެ. އަދި އޭގެ ފަހުން 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމުމުން، ދިގު ރާސްތާ ދުވުންތަކުގައި އޭނާ ފާހަގަކޮށްލެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް