ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 10:22
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން އާންމުން ހިދުމަތް ހޯދަނީ
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން އާންމުން ހިދުމަތް ހޯދަނީ
ރާއްޖެއެމްވީ
އެފްއެސްއެމްގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލުކުރުން
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި
ޝެޑްތައް ހުޅުވިފައި ހުންނާނީ ހެނދުނު 08:00ން ރޭގަނޑު 10:30ށް

ފިއުލް ސަޕްލައި މޯލްޑިވްސް އިން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެފްއެސްއެމް އިން ބުނީ އެޗްޕީއޭ އިން ދިން ލުއިތަކުގެ ދަށުން އުޅަނދުތައް ދުއްވޭ ގަޑިތަކަށް ބަދަލު ގެނައުމުން އެފްއެސްއެމްގެ ޝެޑްތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑާއި މާލެ އިންޑަސްޓްރިއަލް ވިލެޖް ކައިރީގައި ހުންނަ ޝެޑާއި ކާނިވާ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުގެ އިތުރުން ހުޅުމާލޭގައި ހުންނަ ޕެޓްރޯލް ޝެޑުން ހެނދުނު 08:00ން ރޭގަނޑު 10:30ށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ތިލަފުށީގައި ހުންނަ ޝެޑުން ހެނދުނު 08:30ން ރޭގަނޑު 09:30ށް ހިދުމަތް ލިބޭނެ ކަމަށެވެ.

އެފްއެސްއެމް އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޕެޓްރޯލް ޝެޑްތައް ޑިސްއިންފެކްޓް ކުރުމަށްޓަކައި ހަވީރު 03:00ން 03:30ށް ބަންދު ކުރެވޭނެއެވެ.

އެފްއެސްއެމް އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު އެފްއެސްއެމް 2 އަދި އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެފްއެސްއެމް 4 އީޒީފިލް އިން ދާދިފަހުން ވަނީ ކޭޝްލެސް ހިދުމަތް ދޭން ފަށާފައެވެ. އެހެންނަމަވެސް ފަހުން އެ ކުންފުނިން ވަނީ އެ ދެ ޝެޑުން ވެސް ނަގުދު ފައިސާ ބަލައި ގަތުމަށް ނިންމާފައެވެ.

އެފްއެސްއެމް އިން މި އަހަރު އަމާޒު ހިފީ މާލެ ސިޓީގައި ހުރި ޕެޓްރޯލް ޝެޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ޝެޑަކީ ސެލްފް ސަރވިސް ޝެޑަށް ހެދުމެވެ.

އެފްއެސްއެމް އިން މިވަގުތު މާލެ ސިޓީގައި ހަތަރު ޕެޓްރޯލް ޝެޑް ހިންގަމުން އަންނައިރު ވިލިމާލޭގައި ވެސް ޕެޓްރޯލް ޝެޑެއް ހިންގަމުންދެއެވެ.

- ކޮމެންޓް