ކ. މާލެ
|
17 އޮކްޓޯބަރ 2020 | ހޮނިހިރު 02:14
ސިމްބޮލިކް ރެކޯޑްސްއިން ޝޯވ އެއްގައި ޕާފޯމްކުރަމުން ދަނިކޮށް
ސިމްބޮލިކް ރެކޯޑްސްއިން ޝޯވ އެއްގައި ޕާފޯމްކުރަމުން ދަނިކޮށް
ސިމްބޮލިކް ރިކޯޑްސް
ސިމްބޮލިކް ރެކޯޑްސް
ސިމްބޮލިކް ރެކޯޑްސްއިން އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ލަވަފޮށިން ދޮގުކޮށްފި
ސިމްބޮލިކް ރެކޯޑްސްއަކީ ރާއްޖޭގެ ފުރަތަމަ ރެކޯޑް ލޭބަލް
ހަގީގަތާ ހިލާފު މައުލޫމާތު ހަބަރުގައި ހިމަނާފައި އޮތުމުން ލަވަފޮށިން ވަނީ އެކަން ކުށްވެރި ކޮށްފައި
ލަވަފޮށިން ދައްކާ ގޮތުން އެ ޕްލެޓްފޯމްގައި އެންމެ މަގުބޫލީ ސިމްބޮލިކްގެ އާޓިސްޓުން

މަޝްހޫރު ހިޕްހޮޕް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ ލަވަތަކަށް ލިބިފައިވާ ހިޓުތަކަކީ އޮޅުވާލައިގެން ހޯދާފައިވާ ހިޓުތަކެއް ކަމަށް "ދޯއެމްވީ" ގައި ޝާއިއުކުރި ވާހަކަތައް ލަވަފޮށިން ދޮގުކޮށްފިއެވެ.

"ދޯއެމްވީ" ގައި ތުހުމަތު ކޮށްފައިވަނީ ލަވަފޮށީގައި، މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ބަލިކޮށް ވައްޓާލީ ސިމްބޮލިކުން ބޮޓްތަކެއް ބޭނުން ކޮށްގެން ކަމަށާއި، ސިމްބޮލިކްގެ ރެޕް އާޓިސްޓް މުހައްމަދު މާހިދު (މާޓު) ވައްޓާލާ ލަވަ ފޮށީގެ އެއްވަނައަށް ހަމަ އެ ލޭބަލްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އައިސްފައިވަނީ "ބޮޓް" ބޭނުންކޮށް ފޭކް ޕްލޭތަކަކާއި އެކުގައި ކަމަށެވެ.

"ރާއްޖެއެމްވީ" އަށް ދިން ހާއްސަ އިންޓަރވިއުގައި ސިމްބޮލިކްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވީ އެ ހަބަރަކީ ހަގީގަތް އޮޅޭނެހެން ލިޔެފައިވާ ހަބަރެއް ކަމަށާއި، އަދި ލަވަފޮށީގެ އެޕްލިކޭޝަން ރަން ކުރާ ގޮތް ބަލާލައިފިނަމަ އެކަން ހާމަވާނެ ކަމަށް ކަމަށެވެ.

އެއާއިއެކު ލަވަފޮށިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ލަވަފޮށިން ބުނެފައިވަނީ ލަވަފޮށީގެ އެއްވެސް އާޓިސްޓަކު ނުވަތަ އެއްވެސް ލޭބަލަކުން މިހާތަނަށް ހަގީގަތް އޮޅުވާލާފައިވާކަން ހާމަކޮށްފައި ނުވާނެ ކަމަށެވެ. އަދި ސިމްބޮލިކުގެ އާޓިސްޓުންނަކީ ލަވަފޮށީގެ އެންމެ އުހުގައި ތިބި އާޓިސްޓުން ކަމަށާއި އެކަން އަދިވެސް ބަދަލުނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ލަވަފޮށިން ވަނީ ޒިންމާދާރު ކަމާއިއެކު ނޫސްވެރިކަން ކުރުމަށް ގޮވާލާފައެވެ.

ސިމްބޮލިކުން ބޮޓް ބޭނުންކޮށް ލަވަފޮށީގެ އުހަށް އެރިކަމުގެ ތުހުމަތު ކޮށްފައިވާއިރު، އޮންލައިން ޕްލެޓްފޯމް ލަވަފޮށީގެ އިތުރުން ޔޫޓިއުބް އަދި ސައުންޑް ކްލައުޑްގައި ވެސް ސިމްބޮލިކްގެ ލަވަތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

- ކޮމެންޓް
17 އޮކްޓޯބަރ 2020 | ހޮނިހިރު 05:31
އެއީ ހަމަ ތެދު! ބޮޓު ބޭނުންކޮށްގެން އެކަން ކުރީ!