ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެކެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ޖޫން ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2020 އޮކްޓޫބަރު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް[email protected]އަށް މެއިލް އަށް މެއިލް ކުރުމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ، 2021 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ޓެސްޓް ތަކަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓް ތަކެކެވެ.
މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެއޮރޯސްޕޭސް އިންޖިނިއަރިންގ، ކެމިސްޓްރީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ އޮޕަރޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކްސް، އިލެކްޓްރިކަލް އިންޖިނިއަރިންގ، ސައިންސް، އޯޝަނޮގްރޮފީ، މެތަމެޓިކްސް، ނޭވަލް އާރކިޓެކްޗަރ، އޮޕަރޭޝަންސް ރިސަރޗް، ފިޒިކްސް އަދި ޕޮލިޓިކަލް ސައިންސް ހިމެނެއެވެ. މީގެ އިތުރުން ވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓްhttp://www.usna.edu/އިން ލިބޭނެއެވެ.
މި ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް ހެޑްކްއޯޓަރޒް ފޯނު ނަމްބަރު 3322607 އަށް ގުޅުއްވާފައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅުއްވައިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ކޯހުގެ އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.