ކ. މާލެ
|
15 އޮކްޓޯބަރ 2020 | ބުރާސްފަތި 01:38
ބަލިން ރަނގަޅުވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ 89.31 އިންސައްތަ މީހުން
ބަލިން ރަނގަޅުވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ 89.31 އިންސައްތަ މީހުން
ރާއްޖެއެމްވީ
ކޮވިޑް-19 ޖެހުމަށްފަހު ބަލިން ރަނގަޅުވި މީހުން
ރާއްޖެއިން ކޮވިޑް ޖެހުނު 9880 މީހެއްގެ ބަލި ފަސޭހަވެއްޖެ
1,140 މީހުން ދަނީ މިހާރު ބައްޔަށް ފަރުވާ ހޯދަމުން
މިވަގުތު އައިސީޔޫގައި ފަރުވާ ހޯދަމުން ދަނީ ތިން މީހުން
ފެސިލިޓީތަކާއި ހޮސްޕިޓަލްގެ ވޯޑްގައި ފަރުވާދެމުންދަނީ 58 މީހަކަށް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 9،880 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ ކޮވިޑް-19 ޑޭޝްބޯޑް ދައްކާގޮތުން، މިއީ މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 89.31 އިންސައްތަ މީހުންނެވެ.

މިހާރު ރާއްޖޭގައި 1,140 މީހަކު މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުން އަންނައިރު، އޭގެ ތެރެއިން 367 މީހަކަށް ފަރުވާދެމުން އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މި ވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދަނީ 61 މީހުންނެވެ. ރާއްޖެއިން ކޮވިޑް ފެނުނު ފަހުން 25 ހަފްތާ ވެފައިވާއިރު، މި ބަލީގައި މަރުވެފައި ވަނީ 35 މީހެކެވެ.

އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީތަކަށް ބަލާއިރު، މި ވަގުތު މިތަނުން ފެސިލިޓީއެއްގައި ފަރުވާ ހޯދަމުން ދަނީ ފަސް މީހުންނެވެ. އެ ފަސް މީހުންނަކީ ވެސް ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހުންނެވެ. އަތޮޅުތެރޭގެ 19 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް 152 މީހުން ތިބި އިރު، އެއީ 93 ދިވެހިންނާއި 59 ބިދޭސީންނެވެ.

މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި އެކަކަށް ފަރުވާދެމުންދާ އިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯޑްގައި ފަރުވާދެމުން ދަނީ 52 މީހަކަށެވެ. އަދި ފެސިލިޓީގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުންދެއެވެ.

އެހެންކަމުން ފެސިލިޓީތަކާއި ހޮސްޕިޓަލްގެ ވޯޑްގައި 58 މީހަކަށް ފަރުވާދެމުންދާއިރު، އައިސީޔޫގައި ފަރުވާ ހޯދަމުން ދަނީ ޖުމްލަ ތިން މީހުންނެވެ. މިވަގުތު އެއްވެސް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ނުދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް