ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 09:49
އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން
އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން
އެޕަލް
އައިފޯން 12 ލޯންޗުކުރުން
އައިފޯން 12 ލޯންޗުކޮށްފި
 
މި ފޯންތަކަށް 5ޖީ ގެ ހިދުމަތް ލިބޭނެ
 
އެޕަލްގެ އާފޯނުތައް އޭގެ ކުރިން އެކުންފުނިން ނެރެފައިވާ ފޯނުތަކަށް ވުރެ ތުނިވެފައި ލުއި

އެޕަލް ކުންފުނީގެ އައިފޯން 12 ލޯންޗުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސް އެޕަލް އިން ވަނީ ދައްކާލާފައެވެ. ހޯމްޕޮޑް މިނީވެސް އެޕަލް އިން ވަނީ މި ހަފްލާގައި ދައްކާލާފައެވެ.

އައިފޯން 12 އަދި އައިފޯން 12 މިނީގެ 64ޖީބީގެ ފޯނާއި 128ޖީބީ އަދި 256ޖީބީ ލިބެން ހުންނަ އިރު، މި ފޯންތައް ލިބޭނީ، ނޫ، ފެހި، ކަޅު އަދި ހުދު ކުލައިގެ އިތުރުން ރަތް ކުލައިންނެވެ. އައިފޯން 12 ގެ އަގު 64ޖީބީ އިން 799 ޑޮލަރަށް ހުރި އިރު، ފޯން ޕްރީއޯޑަރ ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އައިފޯން 12 މިނީގެ އަގު ފެށެނީ 64ޖީބީގެ ފޯނެއް 699 ޑޮލަރަށެވެ. އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އައިފޯން 12ގެ ޑެލިވަރ ކުރަން ފަށާއިރު، އައިފޯން 12 މިނީ ޑެލިވަރ ކުރަން ފަށަނީ ނޮވެމްބަރު 13 ވަނަ ދުވަހުއެވެ.

އެޕަލް އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރީ މެކްސް 128ޖީބީ، 256ޖީބީ އަދި 512ޖީބީގެ ފޯން ލިބެން ހުންނާނެއެވެ. 999 ޑޮލަރުން ފެށިގެން އައިފޯން 12 ޕްރޯ ލިބެން ހުންނަ އިރު، އައިފޯން ޕްރޯ މެކްސް ލިބެން ހުންނާނީ 1،099 ޑޮަލަރަށެވެ.

އައިފޯން 12 ޕްރޯ ޕްރީއޯޑަރ ކުރުމަށް އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ހުޅުވާލާ އިރު، ޝިޕިން ކުރަން ފަށާނީ އޮކްޓޫބަރު 23 ވަނަ ދުވަހުއެވެ. އަދި އައިފޯން 12 ޕްރޮ މެކްސް ޕްރީއޯޑަރ ކުރުމަށް ނޮވެމްބަރު ހަ ވަނަ ދުވަހު ހުޅުވާލާއިރު، ފޯންގެ ޝިޕިންގ ފަށަނީ ނޮވެމްބަރު 13 ވަނަ ދުވަހުއެވެ.

އެޕަލްގެ އާފޯނުތައް އޭގެ ކުރިން އެކުންފުނިން ނެރެފައިވާ ފޯނުތަކަށް ވުރެ ތުނިވެފައި ލުއިވާއިރު، މި ފޯންތަކަށް 5ޖީ ގެ ހިދުމަތް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް
14 އޮކްޓޯބަރ 2020 | ބުދަ 09:55
ީބއި ބްރާހިމް ޚަލީލް
މި އައި ފޯނަށއ އޯރޑަރ ކުރަން އަގު ދައްކާނީ ކޮން ތަނަކަށް ކިހިނެއްތތަ؟