ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 22:34
ޕްރިވިލޭޖްޑް މޯލްޑިވްސް ކާޑް ލޯންޗުކުރެވިގެން ދިޔައީ އޮކްޓޫބަރ 10 ވަނަ ދުވަހު
ޕްރިވިލޭޖްޑް މޯލްޑިވްސް ކާޑް ލޯންޗުކުރެވިގެން ދިޔައީ އޮކްޓޫބަރ 10 ވަނަ ދުވަހު
ޕްރިވިލޭޖްޑް މޯލްޑިވްސް މެމްބަރޝިޕް
ޕްރިވިލޭޖްޑް މޯލްޑިވްސް: 4 ގަޑިއިރު ތެރޭގައި 3،000 މެމްބަރުން
އެކާޑުގެ ފުރަތަމަ އެޑިޝަންގައި ގޯލްޑް ކާޑް އަށް ހުޅުވާލި 3،000 ސްލޮޓް މިހާރު ވަނީ ފުރިފައި
މި ކާޑަކީ ޑިޖިޓަލް ކާޑެއް
މި ކާޑުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތައް ޕްރޮމޯޓް ކުރުން

ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ތައާރަފްކުރެވިގެން ދިޔަ ޕްރިވިލޭޖްޑް މޯލްޑިވްސް އަށް ވަނީ ހަތަރު ގަޑިއިރުގެ ތެރޭގައި 3،000 މެމްބަރުން ރަޖިސްޓްރީވެފައެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޕްރިވިލޭޖްޑް މޯލްޑިވްސް ތައާރަފް ކުރެވިގެން ދިޔަ އިރު، އެ ކާޑުގެ ފުރަތަމަ އެޑިޝަންގައި ގޯލްޑް ކާޑް އަށް ހުޅުވާލި 3،000 ސްލޮޓް މިހާރު ފުރިފައިވުމުން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާނީ ސެކަންޑް އެޑިޝަންގެ ކާޑުތަކަށް ކަމަށް ޕްރިވިލޭޖްޑް މޯލްޑިވްސް އިން ފާހަގަކުރެއެވެ.

މި ކާޑުގެ ހިދުމަތް ތިން ބަޔަކަށް ބެހޭ އިރު، މައިގަނޑު މަގްސަދަކީ މިހާލަތުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް އެހީތެރިވުމެވެ. އެގޮތުން މި ކާޑުގެ ހިދުމަތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހިންގެ އިތުރުން ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.

ޕްރިވިލޭޖްޑް މޯލްޑިވްސް ކާޑުގެ ހިދުމަތް ލިބޭ ތަންތަނުގެ ބޭރުގައި "ޕްރިވިލެޖްޑް" ޕާޓްނަރެއްކަން އަންގައިދޭ ސްޓިކާއެއް ޖަހާފައި ހުންނަ އިރު، މި ކާޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ރާއްޖެ އަންނަ ފަތުުރުވެރިންނަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓް އިތުރު ވަމުން ދާއިރު، ފަހުން އެ ޕޮއިޓް ބޭނުން ކޮށްގެން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ހިދުމަތް ޕްރިވިލެޖްޑް ސާކަލްގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާއިރު، އޭގެ ތެރޭގައި ފިހާރަތަކާއި ސެލޫން އަދި ގެސްޓްހައުސްގެ އިތުރުން ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނެއެވެ.

ޕްރިވިލެޖްޑް ކާޑަކީ ޑިޖިޓަލް ކާޑަކަށް ވުމުން ކާޑަށް ލޮގިން ވެލުމާއެކު ޕްރިވިލެޖްޑް ސާކަލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކަކާއި ވިޔަފާރިތަކެއްގެ މައުލޫމާތު ލިބިގެންދާނެއެވެ.

ޕްރިވިލެޖްޑް މޯލްޑިވްސް އިން ވަނީ މި ކާޑު ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ޕްރޮމޯޓް ކުރަން ހަރަކާތްތައް ހިންގަން ނިންމާފައެވެ. އަދި ކާޑު ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.

- ކޮމެންޓް