ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 23:43
މާރުކޭޓުގައި މީހަކު މަހެއް ހިފަހައްޓާލައިގެން
މާރުކޭޓުގައި މީހަކު މަހެއް ހިފަހައްޓާލައިގެން
ރާއްޖެއެމްވީ
މަސް ގަންނަ އަގު ދަށް ކުރުން
މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯ އިން ދަށްކޮށްފި
މަސް ގަންނަ އަގު ދަށްކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދަށްކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށްކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން މިހާރު މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް އައިސް އެޅި, މަސްކިލޯއެއް ގަންނަމުން ދިޔައީ, ކިލޯއެއް 16 ރުފިޔާއަށް ކަމަށާއި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށް ކަަމަށް ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މީގެ ކުރިން މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް އައިސް އެޅި މަސްކިލޯއެއް ގަންނަމުން ދިޔައީ ކިލޯއެއް 18 ރުފިޔާއަށް އަށް ކަމަށެވެ.

މިފްކޯއިން މަސް ގަންނަ އަގު ހެޔޮކޮށްފައިވާއިރު މިހާތަނަށް އެންމެ ގިނައިން މަސްގަތް އަހަރަކީ 2019 އަހަރު ކަމަށް އެކުންފުނިން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. މިފްކޯގެ އަހަރީ ރިޕޯޓުން ދައްކާގޮތުން އެ އަހަރު ސާޅީސް އަށްހާސް ފަސް ސަތޭކަ އަށްވުރެން ގިނަ މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ވަނީ ގަނެފައެވެ.

މީގެ އިތުުރުން ހަތް އަހަރަށް ފަހު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ވެސް މިފްކޯ ވަނީ ދޫކޮށްލާފައެވެ. މިފްކޯއިން އަގު ކޮންޓްރޯލް ކުރުމަށްފަހު މަސް ގަންނަމުން އައިސްފައިވަނީ 20 ރުފިޔާއަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނައުމުގެ ބާރު މިފްކޯއަށް ލިބިގެންދާނެއެވެ.

- ކޮމެންޓް