ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 22:17
ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން
ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު ޕޮޒިޓިވްވީ 51 މީހުން، ހޮސްޕިޓަލުގައި 74 މީހަކަށް ފަރުވާދޭ!
51 މީހުންގެ ތެރެއިން 44 ކޭސް ފެނިފައިވަނީ މާލެއިން
އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައި
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 10،859

އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 16 ބިދޭސީންނެވެ. މީގެ ތެރެއިން 44 މީހުންނަކީ މާލޭ ސަރަހައްދުން ފެނެނު ކޭސްތަކެވެ. ބާކީ 07 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 10،859 އެވެ. މީގެ ތެރެއިން 74 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 376 މީހެކެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1135 އެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 9683 އަރާފައިވާ އިރު، މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 34 މީހެކެވެ.

އަތޮޅުތެރޭގެ ކޭސްތަކަށް ބަލާ އިރު، މީހުން ދިރިއުޅޭ 22 ރަށަކުންނާއި 20 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. 22 ރަށުން 89 ދިވެހިންނާއި، 64 ބިދޭސީން އެކްޓިވް ކޭސްގެ ތެރޭގައި ހިމެނެއެވެ. އަދި ރިސޯޓްތަކުން 10 ފަތުރުވެރިންނާއި 17 މުވައްޒަފުން ހިމެނެއެވެ.

- ކޮމެންޓް