ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 13:10
މިޗިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމަރ
މިޗިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމަރ
ޓައިމް
މިޗިގަން ގަވަރުނަރު ރަހީނުކުރަން އުޅުނު މައްސަލަ
މިޗިގަންގެ ގަވަރުނަރު ރަހީނުކުރަން އުޅުނު މައްސަލައިގައި 13 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
މި މައްސަލައިގައި 13 މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވޭ
ހަމަލާ ހުއްޓުވާފައިވަނީ އެފްބިއައިއާއި އަންޑަކަވަރ އެޖެންޓުން ބޭނުންކޮށްގެން

މިޗިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމަރ ކިޑްނެޕްކުރަން ރޭވި މައްސަލައިގައި 13 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މިކަމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެމެރިކާގެ ސްޓޭޓް ސަރުކާރުތަކެއް ވައްޓާލަން ރަވާފައިވާ ކަމަށް އެ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ބައެއް ސްޓޭޓްތަކުން ވަނީ އެމެރިކާގެ ގާނޫނު އަސާސީއާއި ހިލާފުވެފައެވެ. އޭގެ ތެރޭގައި ވިޓްމަރގެ މިޗިގަން ސަރުކާރުވެސް ހިމެނެއެވެ.

ދައުވާތަކަށް ބަލާއިރު، ހަ މީހެއްގެ މައްޗަށް ވަނީ ކިޑްނެޕް ކުރަން އުޅުނު ކަމުގެ މައްސަލައިގައި ދައުވާއުފުލާފައެވެ. އަދި މިލީޝާ (ހަތިޔާރު ގެންގުޅޭ އަމިއްލަ ޖަމާއަތެއް) ގްރޫޕުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އިތުރު ހަތް މީހެއްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އަނެއް ހަ މީހުންނާ ހިލާފަށް މި މީހުންގެ މައްޗަށް އުފުލާފައިވަނީ ސްޓޭޓް ދައުވާތަކެވެ.

ސްޓޭޓް ކަސްޓަޑީގައި ތިބި މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ގާނޫނު ތަންފީޒީ އިދާރަތަކުގެ ވެރިން ދިރިއުޅޭ ގެތަކުގެ މައުލޫމާތު ހޯދާ ހަމަނުޖެހުން ހިންގާނެކަމަށް ބުނެ އިންޒާރުދިނުމާއި، ހަނގުރާމައެއް ފަށާނެކަމުގެ އިންޒާރު ދިނުމާއި، މިޗިގަންގެ ކެޕިޓަލް އިމާރާތަށް ހަމަލާދީނުމަށް ރޭވުމާއި އެކަމަށް ޓްރެއިނިންގ ހިންގުމާއި، ސަރުކާރުގެ އޮފިޝަލުން ކިޑްނެޕް ކުރަން އުޅުމެވެ.

މި މީހުން ހައްޔަރު ކުރުމާއި ގުޅިގެން އެމެރިކާގައި ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބަށް އެކަމުގެ ނުރަނގަޅު އަސަރުކޮށްފާނެ ކަމަށް ބެލެވެއެވެ. މިޗިގަންގެ ސަރުކާރުން ބުނެފައިވަނީ މިޓްމަރއާ ދެކޮޅަށް ރޭވި ރޭވުން ހުއްޓުވާފައިވަނީ އަންޑަރ ކަވަރ އެޖެންޓުން ބޭނުންކޮށްގެން ކަމަށެވެ.

އެފްބީއައިއިން ބުނެފައިވަނީ އެ މީހުންގެ ރާވާފައިވަނީ މިޗިގަންގެ އިތުރުން އެހެން ސްޓޭޓް ސަރުކާތަކަށްވެސް ހަމަލާދިނުމަށް ރާވާފައިވާ ކަމަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމީހުންގެ ރޭވުމުގައި 200 މީހުން ބޭނުންކުރުމަށް ނިންމާފައި ވެއެވެ. ކެޕިޓޯލް އިމާރާތް ހިފާ ގަވަރުނަރުގެ އިތުރުން މީހުން ރަހީނުކުރުމަށް ވެސް ރާވާފައިވެއެވެ.

ވިޓްމަރ ގައްދާރުވިކަމަށް ކަނޑައަޅާ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކުރިން އެމީހުންގެ ރޭވުން އެއްކޮށް ނިންމާލަން ރާވާފައި ވެއެވެ. ނަމަވެސް ފަހުން އެމީހުން ވަނީ ގަވަރުނަރު ޗުއްޓީ ހޭދަކުރައްވާ ގެއަށް ހަމަލާ ދިނުމަށް ނިންމާ، ރޭވުންތައް ބަދަލުކޮށްފައެވެ.

އެފްބީއައިއިން ބުނެފައިވާ ގޮތުގައި، މި މަސައްކަތްތައް އެމީހުން ފަށާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. އަދި އޮހާޔޯ ޑަބްލިންގައި ބޭއްވި ބައްދަލުވުމެއްގައި އެކި ސްޓޭޓްތަކުން މިކަމުގައި ބައިވެރިވާ މީހުން އެއްތަނަކަށް ޖަމާވިކަމަށް ވެއެވެ.

- ކޮމެންޓް