ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 14:35
ގއ. މާމެންދޫން ކޮވިޑްގެ ކޭސްއެއް ފެނުމާއި ގުޅިގެން ހޯމް ކަރަަންޓީންގައި ހުރި ގެ ހިމެނޭ ސަރަހައްދު ބަންދު ކުރެވިފައި
ގއ. މާމެންދޫން ކޮވިޑްގެ ކޭސްއެއް ފެނުމާއި ގުޅިގެން ހޯމް ކަރަަންޓީންގައި ހުރި ގެ ހިމެނޭ ސަރަހައްދު ބަންދު ކުރެވިފައި
މާމެންދޫ ކައުންސިލް
ހޯމް ކަރަންޓީން އުސޫލަށް އަމަލުކުރުން
މުޖުތަމައެއް ނުރައްކަލަށް ހުށަހެޅިގެން ނުދާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފި
ފަހަކަށް އައިސް އަތޮޅު ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބައެއް ފާހަގަވެފައިވޭ
ހޯމް ކަރަންޓީންގެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފައި
ބަލީގެ އަލާމާތެއް ފެންނަ ނަމަ ރަށްރަށުގެ ފޯކަލް ޕޮއިންޓާއި ގުޅައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައި

ވަކި ފަރުދަކަށްޓަކައި މުޅި ރަށް ނުވަތަ މުޖްތަމައެއް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ނުދާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްއީއޯސީގެ އަތޮޅުތަކުގެ ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް މިގޮތަށް އިލްތިމާސް ކުރައްވާފައިވަނީ އަތޮޅު ތެރޭގައި ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަ ކުރެވޭ ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭނާ ވިދާޅުވި އެއާއެކު ފުރަބަންދަށް ދާ ފަރާތްތަކުން ދަތުރުކުރާ އިރު އުސޫލުތަކާއި އެއްގޮތަށް ދަތުރު ކުރުމަށާއި، ފުރަބަންދަށް ގޮސް ގޭގައި މަޑުކުރާ އިރު އެ ގޭގައި ކެއިންބުއިމުގެ އިންތިޒާމާއި އަދި އާއިލާގެ އެހެން މީހުންނާއި އެކީގައި ބައްދަލުނުވާނެ ފަދައިން ފުރަބަންދުގެ މަގުސަދު ހާސިލުވާނެ ފަދައިން އެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ފަހަކަށް އައިސް ފާހަގަކުރެވޭ އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ބަލީގެ އަލާމާތްތައް ހުންނަ މީހުން ރިޕޯޓްކުރާކަން. އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން މާލެއިން ދާ ފަރާތްތަކުން އެއްވެސް އަލާމާތެއް ހުރެއްޖެނަމަ އެރަށެއްގެ ފޯކަލް ޕޮއިންޓަށް މައުލޫމާތު ހިއްސާކުރުމަށް. އެއިރުން އަޅުގަނޑުމެންނަށް އެ ކޭސް އިތުރަށް ދިރާސާކޮށް ނުވަތަ އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި މަޝްވަރާކުރުމަށްފަހު ސާމްޕަލް ނަގަންޖެހިއްޖެ ހާލަތެއްގައި ސާމްޕަލް ނެގިގެންދާނެ. މީގެ ނަތީޖާއަކީ ދުރާލާ ބަލި ދެނެގަތުމަށްޓަކައި އަޅުގަނޑުމެންނަށް އިތުރު ފިޔަވަޅެއް އެޅިގެންދާނީ،
އަތޮޅުތަކުގެ ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް

މައުރޫފް ވިދާޅުވީ މާލެއިން ފުރަބަންދަށް ދާ ފަރަތްތަކުން ބަލީގެ އަލަމާތްތައް ފެންނަނަމަ އެ ރަށެއްގައި ގާއިމްކޮށްފައިވާ ފޯކަލް ޕޮއިންޓާއި ކޮމިއުނިކޭޓް ކުރުމަށެވެ.

ފަހަކަށް އައިސް އަތޮޅު ތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ބުދަ ދުވަހާ ހަމައަށް އަތޮޅު ތެރެއިން 125 ކޭސް އެކްޓިވް ކޭސްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެކްޓިވް ކޭސް ފެނިފައިވާ 21 ރަށް ހިމެނޭ އިރު މީގެ ތެރޭގައި ނިސްބަތުން ދިވެހިންގެ އަދަދު ގިނައެވެ.

- ކޮމެންޓް