ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 11:53
މީގެ ކުރިން މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
މީގެ ކުރިން މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދިނުން
ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދީފި
ނިއު ނޯމަލްގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިން ވަނީ ފައިނަލް ކޮށްފައި
ބުރާސްފަތި ދުވަހުން ފަށައިގެން ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ފަރިތަކުރެވޭނެ

އައު ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ މިދިޔަ ހަފުތާގައި އެޗްޕީއޭއިން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެޗްޕީއޭއާއެކު ބޭއްވި ބައްދަލުވުމުގައި ނިއު ނޯމަލްގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިން ފައިނަލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހުން ފަށައިގެން ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް އެފްއޭއެމުން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ފަރިތަކުރުންތައް ކުރިއަށްގެންދެވޭނެއެވެ. ޖަވާޒް ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ހުއްދަ ދިން ނަމަވެސް، އާންމު ރައްޔިތުންނަށާއި އިތުރު ބަޔަކަށް ފުޓްބޯޅަ ކުޅުމަށާއި ފަރިތަކުރަން ހުއްދަ ދީފައިނުވާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ހުއްދަ ދިންއިރު، މީގެ ކުރިން އެފްއޭއެމުން ވަނީ އައު ސީޒަނަށް ތައްޔާރުވުމަށް ފުލުހުންނާއެކު މަޝްވަރާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެފްއޭ ކަޕްގެ އެއްބައި ކުޅުމަށްފަހު މިދިޔަ ސީޒަން ކެންސަލް ކުރިއިރު، އައު ސީޒަން އަންނަ ޑިސެމްބަރު މަހު ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން "ރާއްޖެ.އެމްވީ" އާ ވާހަކަދައްކަމުން ފުރަތަމަ ޑިވިޝަނުގެ ބައެއް ކޯޗުން ވަނީ ކުލަބުތަކުން ފުޓްބޯޅަ ސީޒަން އަވަސް ކުރުމަށް ބޭނުންވާ ކަމަށާއި، ސީޒަން ފެށުމުގެ ކުރިން ދެ މަހެއްހާ ދުވަހު ފަރިތަކުރަން ކުޅުންތެރިންނަށް ބޭނުންވާނެ ކަމަށް ބުނެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭ ކުލަބުތަކުން ފަރިތަކުރުންތައް ފަށާނެއެވެ.

ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަ ނަމަވެސް، ދާދި ފަހުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުދިނުމުގެ ތެރެއިން ކުޅިވަރު ހަރަކާތްތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބެލުމަށްފަހުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް