ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 11:09
ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ
ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ
ގެޓީ އިމޭޖަސް
ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ މައްސަލަ
ބާޓަމޮއޫގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވެއްޖެ
ބާސާގެ މެންބަރުން ވަނީ 20,687 މީހުންގެ ސޮއާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައި
އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވާ 16,520 މީހުންގެ ސޮއި ސައްހަކަން ބާސާއިން ވަނީ ހާމަކޮށްފައި
ވޯޓާ ހަމައަށް ނުދަނީސް ބާޓޮމެއޫ އަންނަނީ އިސްތިއުފާ ދޭން ވިސްނަމުން

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވެއްޖެއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން ވަނީ 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައެވެ. ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވަނީ 16,520 މީހުންގެ ސޮޔެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ބާސާއިން ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ހާމަކޮށްފައެވެ. ބާސާގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވާތާ 20 ދުވަހުގެ ތެރޭ ވޯޓު ކުރިއަށްގެންދާނެ ގޮތެއް އާންމުކުރަން ޖެހެއެވެ. އަދި އެ ވޯޓުގައި ބާޓޮމެއުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި އައު އިންތިޚާބަކަށް ދާން މަދުވެގެން ވޯޓުލާ މީހުންގެ ތިންބައި ކުޅެ ދެ ބައި މީހުންގެ ވޯޓު ލިބެންޖެހެއެވެ.

ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާއިރު، އެ ކުލަބުގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާގޮތުން އެ ވޯޓާ ހަމައަށް ނުދަނީސް ބާޓޮމެއޫ އަންނަނީ އިސްތިއުފާ ދޭން ވިސްނަމުންނެވެ.

ބާޓޮމެއޫއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މީގެ ކުރިން ބާސާއަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވެސް ވަނީ ވަނީ ބާޓޮމެއުގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާ ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވާން ޒަވީއަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީވެސް ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީއެވެ.

އަދި މީގެ ކުރިން ބާޓޮމެއޫ ކުލަބު ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ބާސާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެންބަރަކު ވަނީ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ބާޓޮމެއޫ އަކީ އެ ކުލަބުގެ 40 ވަނަ ރައީސެވެ. އޭނާ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ބާޓޮމެއޫ ވަނީ ކާމިޔާބުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް