ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 14:00
ބަސްވިދާން އަކީ ޔުނިވާސިޓީއެއްގެ ކުރީގެ ރެކްޓަރ
ބަސްވިދާން އަކީ ޔުނިވާސިޓީއެއްގެ ކުރީގެ ރެކްޓަރ
ގޫގުލް
ޖަކާޓާގެ ގަވަރުނަރު ހޮވުން
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
އަނީސް ބަސްވިދާން އަކީ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ތައުލީމީ ބޭފުޅެއް
ޖޯކޯ ވިޑޯޑޯގެ ސަރުކާރުގައި އެޑިއުކޭޝަން އެންޑް ކަލްޗަރ މިނިސްޓަރކަން ކުރައްވާފައިވޭ
ބަސްވީދާން ވަނީ   ބައިބައިވުންތައް ނައްތާލައްވާނެކަމަށް ވިދާޅުވެފަ

އިންޑޮނޭޝިއާގެ ސެކިއުލާ އައިޑެންޓީޓީ ޓެސްޓެއްގެ ގޮތުގައި ފެނިގެންދިޔަ އިންތިޚާބުގައި ސަރުކާރުގެ ކުރީގެ މުސްލިމް ވަޒީރެއް، ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރުގެ މައްޗަށް ކުރި ހޯއްދަވައި އިންތިޚާބް ކާމިޔާބް ކުރައްވައިފިއެވެ.

 

 އިންތިޚާބުގެ ނަތީޖާއިން އަނީސް ރަސީދް ބަސްވިދަން ކުރި ހޯއްދަވާފައިވާކަން ސާފު ވުމާއެކު ބަސޫކީ ޖަހާޖާ ޕުރްނާމާ ވަނީ ވާދަވެރިޔާއަށް މަރުހަބަ ވިދާޅުވެފައެވެ.

 

ޕޫރުނާމާ އަކީ ލާދީނީ އަދި ނަސްލީ ތަފާތުކުރުން ގެންގުޅުއްވާ، ދީނީ ހަމަނުޖެހުން އުފައްދަވާ ބޭފުޅެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ބަސްވިދާން އަކީ ހައްދުފަހަނައަޅާފައިވާ ފަރާތްތަކުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށްވަނީ ތުހުމަތު ކުރެވިފައެވެ.

 

އިންތިޚާބުގެ ރަސްމީ ނަތީޖާ މެއި މަހު އިއުލާނު ކުރާއިރު އާ ގަވަރުނަރު މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އޮކްޓޯބަރު މަހުއެވެ.

 

"މިހާރު އަޅުގަނޑުމެން އެންމެން އެއްގަލަކަށް އަރައި ކެމްޕެއިންގެ މަތިން ހަނދާން ނައްތާލާނަން.ޖަކާޓާއަކީ އަޅުގަނޑުމެން އެންމެންގެވެސް ރަށް" ޓީވީ މެދުވެރިކޮށް ދެއްވި ނޫސްކޮންފަރެންސެއްގައި ޕޫރްނާމާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ސަޕޯޓަރުން މާޔޫސްވާނެ ވަރު.އެކަމަކު އެކަމުގެ ތެރޭ  ނުތިއްބަވާ"އޭނާ ވިދާޅުވިއެވެ.

 

ބަސްވީދާން ވަނީ   ބައިބައިވުންތައް ނައްތާލައްވާނެފަދަ އިޝާރާތެއް ކުރައްވާފައެވެ.

 

"އަޅުގަނޑުމެން ބައިބައިވުން ފާހަގަކޮށްފިން . އަޅުގަނޑުމެން އެންމެވެސް މިހާރު އަނެއްކާވެސް މިތިބީ އެކުގައި މަސައްކަތްކުރަން ތައްޔާރުވެ."

 

އައު ގަވަރުނަރަކީ ކޮން ބޭފުޅެއް؟

 

އަނީސް ބަސްވިދާން އަކީ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ތައުލީމީ ބޭފުޅެކެވެ.

ސްކޮލަޝިޕެއްގެ ދަށުން އެމެރިކާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބަސްވިދާން އަކީ ޔުނިވާސިޓީއެއްގެ ކުރީގެ ރެކްޓަރއެވެ.

މެދުމިނަށް ތާއީދުކުރައްވާ މުސްލިމެއްގެ ގޮތުގައި އެނގިފައި ވީ ނަމަވެސް ކެމްޕޭންގެ ދުވަސްވަރު ހަނގުރާމަވެރި ޖަމާއަތްތަކާ ފާޅުގައި ބައްދަލުކުރައްވާފައިވާތީ ފާޑުކިއުން އަމާޒުވެފައިވެއެވެ.

ޖޯކޯ ވިޑޯޑޯގެ ސަރުކާރުގައި އެޑިއުކޭޝަން އެންޑް ކަލްޗަރ މިނިސްޓަރކަން ކުރައްވާފައިވާއިރު ކެބިނެޓުން އޭނާ ވަކިވެ ވަޑައިގެންފައިވަނީ މިދިއަހަރު ވިޑޯޑޯ ކެބިނެޓް ބަދަލުކުރެއްވުމުންނެވެ.

 

- ކޮމެންޓް