ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 10:51
ލޮކްޑައުންގެ ތެރޭގައި އަނބުރާ ގައުމަށް ދާން ވެގެން ފުރަން ގޮސް ތިބި ބިދޭސީން ވެލާނާ އެއަރޕޯޓުގައި
ލޮކްޑައުންގެ ތެރޭގައި އަނބުރާ ގައުމަށް ދާން ވެގެން ފުރަން ގޮސް ތިބި ބިދޭސީން ވެލާނާ އެއަރޕޯޓުގައި
މޯލްޑިވިއަން
ޑާކާއަށް ސީދާ ދަތުރުތައް
ހަފްތާއަކު ތިން ދުވަހު ޑާކާއަށް މިހާރު ސީދާ ދަތުރުތައް ކުރާނެ: މޯލްޑިވިއަން
 
ޑާކާ އަށް ސީދާ ދަތުރުތައް މޯޑިވިއަނުން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި
 
ދަތުރު ކުރާނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު
 
އެއްކޮޅު ޓިކެޓު ފެށޭ އަގަކީ 433 ޑޮލަރު

ހަފްތާއަކު ތިން ދުވަހު މިހާރު ޑާކާއަށް ސީދާ ދަތުރުތައް ކުރާނެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ހަފްތާއަކު ތިން ދުވަހު ޑާކައަށް ސީދާ ފުލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށާއި، ދަތުރު ކުރާނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު ކަމަށެވެ. އަދި މި ބަދަލު ގެނެވިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑާކާ އަށް ސީދާ ދަތުރުތައް މޯޑިވިއަނުން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު މޯލްޑިވިއަނުން ޑާކާ އަށް ސީދާ ފްލައިޓްތައް ބާއްވަނީ ކޮންމެ ހަފްތާއަކު ދެ ދުވަހުއެވެ. އެއީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.

ޑާކާ އަށް ދިޔުމަށް އެއްކޮޅު ޓިކެޓު ފެށޭ އަގަކީ 433 ޑޮލަރު ކަމަށެވެ. އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވިއަންގެ ނަންބަރު 3335544ށް ގުޅުމަށް ބުނެފައިވާއިރު، 72 ގަޑިއިރު ކުރިން ހަދާފައިވާ ކޮވިޑް-19 ގެ ޓެސްޓުގެ ނެގެޓިވް ނަތީޖާ ފުރާއިރު އަތުގައި އޮންނަންވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ޗެކިން ވުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށާއި، އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ފުރުމުގެ 24 ގަޑި އިރު ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް ލޮކްޑައުންއާއެކު ހުއްޓުމަކަށް އައި ނަމަވެސް މި ހާލަތާއި ގުޅިގެން އަނބުރާ ގައުމަށް ދާން ބޭނުންވި ބިދޭސީ މަސައްކަތްތެރިން ގެންދިއުމަށް މޯލްޑިވިއަނުން ވަނީ 26 ފުލައިޓް ބާއްވާފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުލުވާލާފައިވާ އިރު، ރާއްޖެއިން ބޭރަށް ފުރާ އަދި އަންނަ ފަސިންޖަރުން އިމިގްރޭޝަންގެ އިމުގާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް