ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 15:06
ބާސެލޯނާއަށް ކުޅުނު ބްރެޒިލުގެ މިޑްފީލްޑަރު ރަފީނިއާ އަލްކަންޓްރާ
ބާސެލޯނާއަށް ކުޅުނު ބްރެޒިލުގެ މިޑްފީލްޑަރު ރަފީނިއާ އަލްކަންޓްރާ
ގެޓީ އިމޭޖަސް
ރަފީނިއާ ޕީއެސްޖީއަށް ބަދަލުވުން
ބާސާ ދޫކޮށް ރަފީނިއާ ޕީއެސްޖީއަށް
ރަފީނިއާ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
ރަފީނިއާ ވަނީ ޕީއެސްޖީއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައި

ބާސެލޯނާ ދޫކޮށް ބްރެޒިލުގެ މިޑްފީލްޑަރު ރަފީނިއާ އަލްކަންޓްރާ ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ސެލްޓާއާ ގުޅުނު ރަފީނިއާ އޭނާގެ ކެރިއަރު ބާސާއިން ފެށީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ބާސާއަށް ކުޅެދިން 90 މެޗުގައި 12 ލަނޑު ޖަހާފައެވެ. އެކަމަކު ބާސާގެ ފުރަތަމަ އެގާރައިން ރަފީނިއާއަށް ޖާގަ ހޯދުން އުނދަގޫވެފައިވާއިރު، މީގެ ކުރިން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށްވެސް ކުޅެފައެވެ.

ބާސާގައި ރަފީނިއާ އަށް ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު، ސްޕެނިޝް ކަޕް ތިން ފަހަރު ހިމެނެވެ. އަދި ވަނީ ބާސާއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް، މި ކޮންމެ މުބާރާތެއް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީން ރަފީނިއާގެ ސޮއި ހޯދިއިރު، އެ ޓީމުން މި ނިމުނު ޓްރާންސްފާ ބާޒާރުުގައި ވަނީ ލޯނު އުސޫލުން އެވަޓަނަށް ކުޅެމުން އަންނަ އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން އާއި، ރޯމާއަށް ކުޅެމުން އައި އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީ އަދި ޕޯޓޯއަށް ކުޅެމުން އައި ޕޯޗުގަލުގެ މިޑްފީލްޑަރު ޑެނީލޯ ޕެރޭރާގެ ސޮއިވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް