ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 02:14
ފިލިޕީންސް އެއަަރލައިންގެ ފްލައިޓްތަކެއް
ފިލިޕީންސް އެއަަރލައިންގެ ފްލައިޓްތަކެއް
އޭއެފްޕީ
ފިލިޕީންސް އެއަރަލައިނުން ވަޒީފާ މަދުކުރުން
ފިލިޕީންސް އެއަަރލައިނުން 2،000ށް ވުރެ ގިނަ ވަޒީފާ މަދުކުރަނީ
 
މާޗް މަހުން މެއި މަހަށް ފިލިޕިންސް އެއަރލައިން އަށް 1 ބިލިއަން ޑޮލަރުގެ ގެއްލުންވި
 
ފިލިޕީންސް އެއަރލައިންގެ އޮޕަރޭޝަން ވަނީ މިހާރު 15 އިންސައްތަ ދަށްވެފައި
 
2،700 ވަޒީފާ އުނިކުރަން ވަނީ ނިންމާފައި

ފިލިޕީންސް އެއަަރލައިނުން 2،000ށް ވިރެ ގިނަ ވަޒީފާ މަދުކުރަން ނިންމައިފިއެވެ.

އެ އެއަރލައިނުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ކުންފުންޏަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން 2،700 ވަޒީފާ އުނިކުރަން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން މާޗް މަހު ފިލިޕީންސް ލޮކްޑައުން ކުރުމާއި އެކު ފިލިޕީންސް އެއަރލައިންގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައެވެ. އަދި އަލުން ދަތުރުތައް ފެށި ނަމަވެސް، ދަތުރުފަތުރަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެންލުންތަކެއް ވަމުންދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، އޮޕަރޭޝަން އަލުން ފެށި ނަމަވެސް، ކުންފުނީގެ ހަރަދާ އެއްވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިހާރުވެސް އެ ކުންފުނިން ވަނީ އޮޕަރޭޝަނަލް ކެޕޭސިޓީގެ 15 އިންސައްތަ ދަށްކޮށްފައެވެ.

ވަގުތީ ގޮތުން އޮޕަރޭޝަންތައް ހުއްޓާލުމުގެ ސަބަބުން މާޗް މަހުން މޭ މަހަށް އެ ކުންފުންޏަށް ވަނީ ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ. ފިލިޕީންސް އެއަރލައިން އަކީ ޖަޕާނުުގެ އޭއެންއޭ ހޯލްޑިންގްސް ލިމިޓެޑްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް