ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 09:19
މަސައްކަތްތެރި ދިވެހި އަންހެނުން
މަސައްކަތްތެރި ދިވެހި އަންހެނުން
ރާއްޖެ އެމްވީ
ރިކަވަރީ ސްކީމްގެ ދަށުން ލޯނު ދޫކުރުން
ވިޔަފާރި ހިންގާ އަދި އަމިއްލަ މަސައްކަތް ކުރާ އަންހެނުންނަށް 109.8 މިލިއަން ރުފިޔާގެ ލޯނު
 
839 އަންހެނުން ވަނީ ލޯނަށް އެދި ހުށައަޅާފައި
 
ލޯނަށް އެދި ހުށައަޅާފައިވާ 524 ފޯމް ވަނީ ބަލައިގެންފައި

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނު 524 އަންހެނުންނަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފިއެވެ.

ފިނޭންސް އިން އާންމު ކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް އެދި ހުށައަޅާފައިވާ 839 އަންހެނުންގެ ތެރެއިން 524 އަންހެނުންގެ ފޯމް ވަނީ ބަލައިގަނެފައެވެ. އެއީ 109.8 މިލިއަން ރުފިޔާގެ ލޯނެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ވިޔަފާރި ހިންގާ 528 ފަރާތަކުން ފޯމު ލާފައިވާއިރު، ބަލައިގަނެފައި ވަނީ 414 ލޯނެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 311 އަންހެނުން ލޯނަށް އެދި ހުށައަޅާފައިވާ އިރު، ބަލައިގަނެފައިވަނީ 110 މީހުންގެ ލޯނެވެ.

މީހަތަނަށް އައިރު އެސްޑީއެފްސީ އިން ވަނީ ޖުމްލަ 1,807 ފަރާތަކަށް 298.9 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތް ކުރާ 557 ފަރާތަކަށް 16.7 މިލިއަން ރުފިޔާ އާއި 1,250 ވިޔަފާރިއަކަށް 282.2 މިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް