ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 04:09
 ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވަނީ މޭގެ ނިންމެވުމަށް ތާއީދުކުރައްވާފަ
 ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވަނީ މޭގެ ނިންމެވުމަށް ތާއީދުކުރައްވާފަ
ސީ.އެން.އެން
އިނގިރޭސި އާއްމު އިންތިޚާބު
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
އާއްމު އިންތިޚާބު އޮންނާނެ ކަމަށް ބެލެވިފައިއޮތީ 2020
ލޭބަރ ޕާޓީއާއި ލިބަރަލް ޑެމޮކްރޭޓުންވެސް މި ނިންމުމަށް ތާއީދުކުރެއްވި

އަވަސް އިންތިޚާބެއް ބޭއްވުމަށް އިނގިރޭސި ބޮޑުވަޒީރު ގޮވާލެއްވި ގޮވާލެއްވުމަށް ގާނޫނު ހަދާ މަޖިލީހުން ތާއީދުކޮށް ބޮޑުވަޒީރު އެދިވަޑައިގެންނެވި ތާރީޚް ކަމަށްވާ ޖޫން މަހުގެ 8 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމަވައިފިއެވެ.

ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ތިންބައިކުޅަ ދެބަޔަށްވުރެ އިތުރަށް 13 މެމްބަރަކު ތާއީދުކުރައްވާފައިވާއިރު ޖުމްލަ 522 މި ހުށަހެޅުމަށް ލިބިފައިވެއެވެ.

ލޭބަރ ޕާޓީއާއި ލިބަރަލް ޑެމޮކްރޭޓުންވެސް މި ނިންމުމަށް ތާއީދުކުރެއްވިއެވެ.

ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވަމުން ގެންދަވަނީ އައު ބަޔަކަށް މެންޑޭޓްތައް ހަވާލުވެގެން ދިއުމުން އީޔޫއިން ވަކިވުމަށް ކުރާ މަޝްވަރާތަކުގައި އެކަމަނާގެ ދައުރު ވަރުގަދަވެ މުސްތަގުބަލަށް ހަމަޖެހުން ގެނެސްދޭނެ ކަމަށެވެ.

 ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވަނީ އިންތިޚާބެއް ބޭއްވުމަށް ނިންމެވުމުން މަރުހަބާ ވިދާޅުވެފައެވެ.ނަމަވެސް އޭނާވަނީ އެކި މައްސަލަތަކުގައި  ބޮޑުވަޒީރު ޚިޔާލު ބަދަލުވެ ވައުދު އުވާލައްވާކަމަށް ތުހުމަތު ކުރައްވާފައެވެ.

އާއްމު އިންތިޚާބު ދެން އޮންނާނެ ކަމަށް ބެލެވިފައިއޮތީ 2020 ވަނަ އަހަރު ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ދައުރާ ބެހޭ ގާނޫނުން އިތުރު އެއް އިންތިޚާބު އެ ދެމެދުގައި ބޭއްވުމަށް ހުއްދަ ކުރެއެވެ. ނަމަވެސް އެގޮތަށް ބޭއްވޭނީ އިންތިޚާބެއް ބާއްވަން ފެންނަ ކަމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުން ތާއީދުކުރައްވައިފިނަމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް