މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީން އަމިއްލަފުޅަށް ކަރަންޓީނަށް ވެވަޑައިގެންފިއެވެ.
އެގައުމުގެ ނޫސްތަކުގައިވާ ގޮތުން ބޮޑުވަޒީރު އަމިއްލަފުޅަށް ކަރަންޓީން ވެވަޑައިގެންފައި ވަނީ މެލޭޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ހައިލެވެލް ބައްދަލުވުމަށް ވަޑައިގެން އެގައުމުގެ ރިލީޖަސް އެފެއަރޒް މިނިސްޓަރ، ޒުލްކިފްލީ މުހައްމަދު އަލް-ބަކްރީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ހުރިހާ ފަރާތްތަކުން އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މީހާރު ސެލްފް ކަރަންޓީނަށް ވެވަޑައިގެންފައިވާ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ ސަބަބުން ސަރުކާރު ހިންގުމަށް އެއްވެސް ބުރެއް އެރިއަ ނުދޭނެ ކަމަށާއި ކަރަންޓީނުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުންތައް ކުރިއަށް ގެންގޮސް މަސައްކަތްތައް ކުރާނެ ކަމަށް ވެސް ޔާސީން ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީ އިން ވަނީ ރިލީޖަސް އެފެއަރޒް މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް ސިމްޕްޓޮމް ސްކްރީނިންގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި މެލޭޝިއާގެ ކޮވިޑް-19 ކޭސްތައް އިތުރުވާން ފަށާފައިވާ އިރު އެގައުމުގެ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަ ށިކުރަން ޖެހިދާނެ ކަމަށް ބުނެފައެވެ.