ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 20:21
ބްލެކްޕިންކް
ބްލެކްޕިންކް
ދަ ވާޖް
ކޮރެއާ ގަރލް ގްރޫޕް
ބްލެކް ޕިންކްގެ އައު އަލްބަމް އިން ގިނަ ރިކޯޑް ތަކެއް މުގުރާލައިފި
ދުނިޔޭގެ ޓޮޕް 50 ޗާރޓުން 3 ވަނައިގައި
ރެޕާރ ކާރޑީ ބީ އާއި އެކު ކޮލާބް ކޮއްފައިވާ ލަވަ 4 ވަނައިގައި
ޔޫޓިއުބް ގައި 101 މިލިޔަން ވިއޫސް ލިބިފައިވޭ

ބްލެކް ޕިންކްގެ އާ އަލްބަމް ގިނަ ރިކޯޑް ތަކެއް މުގުރާލައިފިއެވެ.

ކޮރެއާގެ ގަރލް ގްރޫޕް ބްލެކް ޕިންކް އަނެއްކާވެސް ތަފާތު ދައްކައިލައިފިއެވެ. އޮކްޓޯބަރު 2 ގައި މިވަނީ ޑެބިއު އަލްބަމް ނެރެފައެވެ. އަދި ގިނަ ބައެއްގެ ތަރުހީބު މިހާރު ވެސް ދަނީ ލިބެމުންނެވެ. ކުޑަ ދުވަސް ކޮޅެއް ފާއިތުވެގެން ދިޔަ ކަމުގައި ވިޔަސް ސްޕޮޓިފައި ގެ ޓޮޕް 25 ގައި ދަނީ މި އަލްބަމް ރަސްކަން ކުރަމުންނެވެ.

ބްލެކްޕިންކް ލަވް ސިކް ލަވައިގެ ތެރެއިން

މި އަލްބަމް ގެ ޓައިޓަލް ލަވަ "ލަވް ސިކް" ވަނީ ދުނިޔޭގެ ޓޮޕް 50 ޗާރޓުން 3 ވަނައިގަ ކަން ފާހަގަ ކޮށްލެވެއެވެ. އަދި މީގެ އިތުރުން އެމެރިކާގެ މަޝްހޫރު ރެޕާރ ކާރޑީ ބީ އާއި އެކު ކޮލާބް ކޮއްފައިވާ ލަވަ "ބެޓް ޔު ވޮނަ" 4 ވަނައިގައި އޮތް އިރު "ޕްރިޓީ ސެވޭޖް" ވަނީ 8 ވަނައިގައެވެ. ސެލީނާ ގޯމެޒް އާއި އެކު އޮގަސްޓު 28 ގައި ރިލީޒް ކުރި ލަވަ "އައިސް ކްރީމް" ވަނީ އެ ޗާރޓުގެ 10 ވަނައިގަކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ސްޕޮޓިފައި ޗާރޓް ލިސްޓް

ޖޫން މަހުގައި ބްލެކްޕިންކް ގެ ސިންގަލް "ހައު ޔޫ ލައިކް ދެޓް" ޗާރޓު ގެ 5 ވަނައިގައި އޮވެ ގަރލް ގްރޫޕެއްގެ ފުރަތަމަ މަތީ ރޭންކް ލިބުނެވެ. އެހެންނަމަވެސް މި ރިކޯރޑް މުގުރާލައިފައި ވަނީ އޮގަސްޓު މަހު ނެރުނު ލަވަ "އައިސް ކްރީމް" ރޭންކް ގެ 4 ވަނަޔަށް އަރަމުންނެވެ. މިފަހަރު މި ދެ ރިކޯރޑް ވެސް މުގުރާލީ ބްލެކް ޕިންކްގެ މި ފަހުން ނެރުނު އަލްބަމްގެ ޓައިޓަލް ލަވަ "ލަވް ސިކް" ރޭންކްގެ 3 ވަނައިގައި އޮވެ މަތީ ރޭންކު ހޯދުމަށް ފަހުއެވެ. ޔޫޓިއުބް ގައި 101 މިލިޔަން ވިއޫސް ލިބި ޓްރެންޑިންގައި ލިބިފައިވެއެވެ.

- ކޮމެންޓް