ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 16:46
މ. މުލީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު
މ. މުލީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑު
ސޯޝަލް މީޑިއާ
ފުޓްސަލް ދަނޑުތަކުގެ މަސައްކަތް
މުލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިން
މި މަސައްކަތަށް 1,165,043 ރުފިޔާ ޚަރަދުވެފައިވާ

މ. މުލީގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މުލި ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. އެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި މަސައްކަތަށް 1,165,043 (އެއް މިލިޔަން އެއް ލައްކަ ފަސްދޮޅަސް ފަސްހާސް ސަޅީސް ތިނެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މުލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރަށު ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ދަނޑުގެ މަސައްކަތުގައި އެހީތެރިވެދެއްވީތީ އެ ރަށުގެ ކައުންސިލާއި، ޒުވާނުންނާއި، އަދި އެރަށް ހިމެނޭ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މުލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި އެ ވުޒާރާގެ ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

- ކޮމެންޓް