ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 07:44
އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން
އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން
ޔޫސުފް ސޮފްވާން ރަޝީދު
ރިކަވަރީ ސްކީްމްގެ ދަށުން އެސްއެމްއީ ތަކަށް ދޫކުރާ
1,807 އެސްއެމްއީ އަކަށް ލޯން ދޫކޮށްފި
އެސްޑީއެފްސީ މެދުވެރިކޮށް 298.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
ލޯނު ދޫކޮށްފައި ވަނީ އަމިއްލަ މަސައްކަތްކުރާ 557 ފަރާތަކަށް
ކުދި އަދި މެދު ފަންތީގެ 1,250 ވިޔަފާރިއަށް ވަނީ ލޯނު ދޫކޯށްފައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތައް 1,807 އެސްއެމްއީ އަކަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތާފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 298.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެގޮތުން ލޯނަށް އެދި 3,604 ފަރާތަކުން ހުށައަޅާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތްކުރާ 1,768 ފަރާތަކާއި 1,836 ވިޔަފާރި ކަމަށް ފިނޭންސް އިން ބުނެއެވެ. އެގޮތުން މި ފޯމްތަކުގެ ތެރެއިން 1,977 ފޯމެއް ބަލައިގަނެފައިވާ އިރު، 591 ފޯމު ވަނީ ރިޖެކްޓްކޮށްފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އަމިއްލަ މަސައްކަތްކުރާ 557 ފަރާތަށް ލޯނުގެ ގޮތުުގައި ދޫކޮށްފައި ވަނީ 16.7 މިލިއަން ރުފިޔާއެވެ. ކުދި އަދި މެދު ފަންތީގެ 1,250 ވިޔަފާރިއަށް ދޫކޮށްފައި ވަނީ 282.2 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، އެސްޑީއެފްސީ އިން ތައާރަފުކުރި މި ލޯނަކީ ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި ކޮވިޑް-19 އާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައި ވެސް އެ ވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް އަކާއި އެކު ތިން އަހަރުގެ ތެރޭގައި ދައްކާ ގޮތަށެވެ.

- ކޮމެންޓް